އަހަރުމެންގެ ގައުމަކީ ދުނިޔޭގައިވާ އެންމެ ފަސްގަނޑު ތިރި އެއްގައުމު ކަމަށްވުމާއިއެކު ދުނިޔޭގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެދޭ ނުރައްކާތެރި ތޫފާންތަކާއި، އެނޫންވެސް ޤުދުރަތީ ކާރިޘާތަކުގެ އަސަރު މިރީތި ރަށްތަކަށް ދަނީކުރަމުންނެވެ.
ދިރާސާކޮށް ބެލުމަށްފަހު ކަމާބެހޭ ސައިންޓިސްޓުން މިހާރު ކަށަވަރުކޮށްދީފައިވަނީ ތިމާވެއްޓަށް ބެލުމެއްނެތި ހިންގާފައިވާ ތަރައްޤީއާއި އިންސާނުންގެ ޢަމަލުތަކުން ދުނިޔޭގެ ޖައްވު ހޫނުވުން އިތުރުވަމުންދާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ގަނޑުފެން ފަރުބަދަތައް ވިރި، ކަނޑުގެ ލޮނުގަނޑު އުސްވެގެން ރާއްޖެފަދަ
ބިންތިރި ޖަޒީރާތައް ޣަރަޤުވެގެންދާނެ ކަމަށެވެ. މިނުރައްކާތެރި ހާލަތު މެދުވެރިވުން ހުއްޓުވޭނީ ޖައްވަށް ޖަމާވަމުންދާ ވިހަ ގޭސް މަދުކުރުމަށާއި، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރުމަށް މުޅި ދުނިޔެ ވަކިން ޙާއްޞަކޮށް ބޮޑެތި ސިނާއީ ޤައުމުތަކުން ވަގުތުން ފިޔަވަޅުއަޅައިގެންނެވެ.
އަހަރެމެން ދިވެހިން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވައުދުވަމެވެ. އަދި މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސްފާހަގަކުރާއިރު، އަހަރުމެން ދިވެހިރާއްޖޭގެ އެންމެން، ބައިނަލްއަޤުވާމީ ޖަމާއަތްތަކާއި ޤައުމުތަކުގެ ވެރިންނަށް ވަރަށް އަސަރާއެކު މިއިލްތިމާސްކުރަނީ ކުރިމަތިވަމުންދާ ތިމާވެށިގެ މިނުރައްކާތަކުން މިރާއްޖެއާއި އިންސާނިއްޔަތު ސަލާމަތްކޮށް ދިނުމަށް ވަރަށް އަވަހަށް އަމަލީ ފިޔަވަޅުތައް އަޅައިދިނުމަށެވެ. ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ރަނގަޅުކޮށް އަދި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމަށް ވަރަށް އަވަހަށް އެހީތެރިވެ ދިނުމަށެވެ.
މާތް ﷲ އަހަރުމެންގެ ދިވެހިރާއްޖެ ހުރިހާ މުސީބާތްތަކުން ސަލާމަތްކުރައްވައި، އުފާ ފާގަތިކަންމަތީ ދަމަހައްޓަވާށިއެވެ. އާމީން.
A Pledge by Maldivians
We, the Maldivian people are grateful to Almighty Allah for the bountiful resources bestowed on us. We are blessed with a country as beautiful as a garden. Our entire livelihoods depend on the natural resources of this beautiful environment, such as fishing and tourism as well as agriculture and the unique biodiversity our country is blessed with.
Since our country is amongst the most low-lying countries in the world, we are now facing increasing threats of environment degradation and climate change, extreme weather conditions and other natural disasters caused as a result of changes in the global climate and environment.
Scientific research has now proven that development and other human activities are causing global warming. As a result, polar ice and glaciers are melting, causing rise in global sea level, which will highly impact low lying countries like the Maldives. This dangerous situation can be halted by decreasing the amount of poisonous gases that are released into the atmosphere, and implementing immediate actions and measures to sustainably manage natural resources globally, especially by the larger industrialized nations.
We promise to do everything we can to protect the environment. And as we celebrate this year’s World Environment Day, all of us Maldivians, pledge to the international organizations and to the Heads of States or governments of countries to urgently take necessary actions to save our country and humanity from the emerging and potential environmental catastrophes, mitigate the damage caused to the environment and generously provide urgent assistance to protect the islands of the Maldives.
May Allah protect our country from natural disasters, and bless us with happiness and prosperity. Amen.
ތިމާވެށީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމުގެ ހަރަކާތްތައް 2007
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ރާއްޖޭގައި ރަސްމީގޮތުން ފާހަގަކުރުމުގެ ޙަރަކާތްތައް ހިންގިފައިވަނީ އޯގަސްޓްމަހުގެ 4 ން 6 ށް އދ. މަހިބަދޫގައެވެ. މިގޮތުން ހިންގުނު ޙަރަކާތްތަކަކީ:
1- ތިމާވެށީގެ ހޭލުންތެރިކުރުވުމުގެ މަސައްކަތު ބައްދަލުވުން
މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް 5 އަހަރު ދުވަހަށް އަރިއަތޮޅު ދެކުނުބުރީގެ ތިމާވެށީގެ އަމަލީ މަޝްރޫޢެއް އެކުލަވާލުމެވެ. މި މަސައްކަތު ބައްދަލުވުން ހިންގާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އާއި އެންވަޔަރަންމަންޓް ރިސަރޗް ސެންޓަރ ގުޅިގެނެވެ. މި މަސައްކަތު ބައްދަލުވުމުގައި އދ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ކޮމިޓީތަކާއި، ވިޔަފާރީގެ ދާއިރާތަކުންނާއި، ޖަމްޢިއްޔާތަކުން 33 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެވުނު ދާއިރާތަކުގެ ތެރޭގައި ރަށްގިރުމާއި، ދިރޭތަކެތި ޙިމާޔަތްކުރުމާއި، ކުނި ނައްތާލުން ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޯގަސްޓްމަހުގެ 4 ން 5 އަށެވެ.
2- ތިމާވެށީގެ ކުއިޒް މުބާރާތް
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، އދ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ތިމާވެށްޓާބެހޭ ކުއިޒް މުބާރާތެއް ވަނީ ބޭއްވިފައެވެ. މިގޮތުން އެ އަތޮޅުގެ ކޮންމެ ސްކޫލެއްގެ ދަރިވަރުންގެ މެދުގައި ކުއިޒް މުބާރާތެއް ބާއްވައި، ކޮންމެ ސްކޫލަކުން ވެސް އެންމެ މޮޅު ދެ ދަރިވަރުން ވަނީ، ތިމާވެށީގެ ދުވަހުގެ ރަސްމިއްޔާތުތަކާ ގުޅުވައިގެން މަހިބަދޫގައި ބޭއްވުނު ފައިނަލް ރައުންޑްގައި ބައިވެރިކުރުމަށް ހޮވާފައެވެ. މިގޮތުން އޯގަސްޓްމަހުގެ 4 ވަނަ ދުވަހު މަހިބަދޫގައި ބޭއްވުނު ފައިނަލް ރައުންޑުން ވަނަ ވަނަ އަށް ހޮވިފައިވާ ފަރާތްތަކަކީ:
1 ވަނަ: ޙުސައިން ފާއިޤް، ދަނގެތީ ސްކޫލް
2 ވަނަ: ޢާއިޝަތު ރިޒްމާ، އޮމަދޫ ސްކޫލް
3 ވަނަ: ޢަބްދުﷲ އަހުސާމް، ހަންޏާމީދޫ ސްކޫލް
3- ހޮވާލެވުނު ދެ ޓީމްގެ މެދުގައި ބޭއްވުނު ފުޓްބޯޅަ މެޗު
ތިމާވެށީގެ ދުވަހުގެ ރަސްމީ ޕްރޮގްރާމްގައި ހިމަނައިގެން، އޯގަސްޓް 4 ވަނަ ދުވަހު ހަވީރު 4:00 ގައި މަހިބަދޫގައި ގާއިމްކުރެވިފައިހުރި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ ޓީމަކާއި، މަހިބަދޫ ޒުވާނުންގެ ތެރެއިން ހޮވާލެވުނު ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ބޭއްވުނެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ މަހިބަދޫ ޒުވާނުންގެ ޓީމެވެ. އެ ފަރާތަށް ތަށްޓާއި، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައިވަނީ ޝަރަފުވެރި މެހެމާން، އދ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.
4- އުކާލެވޭތަކެތިން ބޭނުންކުރެވޭ ތަކެތި ތައްޔާރުކުރުމުގެ މައުރަޒު
ދުނިޔޭގެ ތިމާވެށީގެ ދުވަހާގުޅުވައިގެން އދ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި އުކާލެވޭތަކެތިން ބޭނުންކުރެވޭ ތަކެތި ތައްޔާރުކުރުމުގެ މައުރަޒެއް ބޭއްވުނެވެ. މި މައުރަޒުން ވަނަވަނައަށް ހޮވުނު ފަރާތްތަކަކީ:
ގްރޭޑް 4 ކާއި 6 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ފަރުހާން އިބްރާހީމް، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
2 ވަނަ: އާމިނަތު ރިފްޒާ، ހަންޏާމީދޫ ސްކޫލް
3 ވަނަ: ރަފާ ރަޝީދު، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ގްރޭޑް 7 ކާއި 9 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ޙުސައިން މުއަންމަރު، އޮމަދޫ ސްކޫލް
2 ވަނަ: މުޙައްމަދު ފުރުޤާން، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
3 ވަނަ: ޢާއިޝަތު ޝަމްރާ، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
5- ތިމާވެށީގެ ޕޯސްޓަރުކުރެހުމުގެ މުބާރާތް
ދުނިޔޭގެ ތިމާވެށީގެ ދުވަހާގުޅުވައިގެން އދ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ބޭއްވުނެވެ. މި މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަކީ:
ގްރޭޑް 4 ކާއި 6 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ޙައްވާ ޝަހުދާ، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
2 ވަނަ: އަޙްމަދު އަޚްބާރު، ހަންޏާމީދޫ ސްކޫލް
3 ވަނަ: ޢާއިޝަތު ނިރުމަލާ، އދ. އަތޮޅު ސްކޫލް
ގްރޭޑް 7 ކާއި 9 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ޢާއިޝަތު ފަރުހަތު، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
2 ވަނަ: ފާޠިމަތު އަޒްމީނާ، އޮމަދޫ ސްކޫލް
3 ވަނަ: އިބްރާހީމް ޖަލީލް، ފެންފުށީ ސްކޫލް
6- މުނިފޫހިފިލުވުމުގެ ޕްރޮގްރާމް
ތިމާވެށީގެ ދުވަހާގުޅުވައިގެން ބޭއްވުނު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޝޯވ ބޭއްވިފައިވަނީ އޯގަސްޓް 4 ވަނަ ދުވަހުގެ ރޭ މަހިބަދޫ ފުޓުބޯޅަ ދަނޑުގައެވެ. "ވޭވްސް" ބޭންޑްގެ މިއުޒިކާއި މަހިބަދޫގެ "ޖޯޝް" ގްރޫޕްގެ ނެށުމުގެ އައިޓަމްތައް މި ޝޯވގައި ހުށަހެޅުނެވެ.
މި ޕްރޮގްރާމްގެ ދެވަނަ ޝޯވ ބޭއްވުނީ އޯގަސްޓް 5 ވަނަ ދުވަހުގެރެއެވެ. މި ޝޯވގައި ވޭވްސް ބޭންޑްގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ފިލްމީތަރިންކަމަށްވާ ސީޒަން، ނިޢުމާ، ރިޝްމީ، އައްޒަ، އަޒޭ އަދި ޣިޔާސްގެ ނެށުމުގެ އައިޓަމްތައް ހުށަހަޅައިދެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ އަންހެން މުވައްޒަފުންގެ ނެށުމުގެ އައިޓަމަކާއި، މަޝްހޫރު ލަވަކިޔުންތެރިޔާ ބާރީ ލަވައިގެ އައިޓަމްތައް ހުށަހަޅައިދެއްވިއެވެ.
7- ބަށި މެޗް
އޯގަސްޓް 5 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މަހިބަދޫގެ އަރާތަރި ޓީމާއި އަބަދަށްފެހި ޓީމްގެ މެދުގައި ބަށި މެޗެއް ބޭއްވުނެވެ. މި މެޗް ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލާ ފާޠިމަތު ޝީރީން ޢަބްދުﷲ އެވެ. މި މެޗް ކާމިޔާބުކުރީ އަރާތަރި ޓީމެވެ.
8- ކުޑަކުދިންގެ ހަވީރު
އޯގަސްޓް 5 ވަނަ ދުވަހު ހަވީރު 5:00 ގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުނެވެ. މި ހަވީރު އިންތިޒާމްކޮށްދެއްވާފައިވަނީ އދ. އަތޮޅު އޮފީހާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެންނެވެ.
9- ޖާފަތް
އޯގަސްޓް 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި، މަހިބަދޫ ރައްޔިތުންގެ ފަރާތުން މެހެމާނުން ޖާފަތެއް އެރުވިއެވެ. މި ޖާފަތް އޮތީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
10- ތިމާވެށީގެ ދުވަހު ރަސްމީ ޖަލްސާ
އޯގަސްޓް 6 ވަނަ ދުވަހު މެންދުރު 11:00 ގައި، މަހިބަދޫ އިޖްތިމާޢީ މަރުކަޒުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ޖަލްސާ ކުރިއަށް ދިޔަގޮތް ތިރީގައި މި ދަންނަވަނީއެވެ:
| ޖަލްސާ ފެށްޓުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވއ.ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 6 ގެ ދަރިވަރު މަލަކާ އަމްޖަދެވެ. |
މި ޖަލްސާގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 5 ދަރިވަރުން އިސްވެ ދިވެހިންގެ އިލްތިމާސް ހުށަހަޅައިދިނުމުން، ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. (އިލްތިމާސް ލިންކް)
މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. އަލްފާޟިލް އަޙްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ޖަލްސާގައި ހުށަހެޅުނު އިލްތިމާސަކީ، ވަރަށް މުހިންމު ތާރީޚީ އިލްތިމާސެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރު ދެންނެވިއެވެ. މިނިސްޓަރ އަޙްމަދު ޢަބްދުﷲ ގެ ވާހަކަފުޅުގައި، ތިމާވެށީގެ ޙާލަތު މިހާރު އެންމެންނަށް ވަޒަންކުރެއްވޭކަމަށްވެސް ވިދާޅުވިއެވެ.
- ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ބައެއް މުބާރާތަކުގެ ވަނަތަކަށް އިނާމުދެއްވުން.
ތިމާވެށި ދުވަހުގެ މުނާސަބަތާ ގުޅިގެން، އދ. އަތޮޅު ސްކޫލްތަކުގެ މެދުގައި ބޭއްވުނު ކުއިޒް މުބާރާތާއި، އުކާލެވޭތަކެތިން ބޭނުންކުރެވޭ ތަކެތި ތައްޔާރުކުރުމުގެ މަޢުރަޒާއި، ޕޯސްޓަރުކުރެހުމުގެ މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް އިނާމު ދެއްވުން މި ޖަލްސާގައި އޮތެވެ. އިނާމުތައް ދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ.
- ރާއްޖޭގެ ތިމާވެށްޓަށް އެކަށީގެވާ ޚިދުމަތްކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަމްޒީ ހަނދާން "ފެހިފަތް" ދެއްވުން.
މި ޖަލްސާގައި، ރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދްމަތް ކުރައްވާ ފަރާތްތަކަށް ދެއްވާ ”ފެހިފަތް“ ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިއަހަރު ފެހިފަތް ލިބުނީ، އޭޑަލްވައިސް އެއަރ އަށާއި، އައްޑުއަތޮޅު ފޭދޫ ސްކޫލަށާއި، އެކޯ ކެއަރ އަށާއި، މިއަދު ނޫހަށާއި، ސޮނީ ހާޑްވެއަރ އަށާއި، އަރިއަތޮޅު ދެކުނުބުރީ ދިގުރަށަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. އަދި އެ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވިއެވެ.
އިނާމު ލިބުނު ފަރާތްތަކުގެ ތެރެއިން އޭޑަލްވައިސް އެއަރލައިންސަކީ، އެ އެއަރލައިންގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރާއިރު، ރާއްޖޭގެ ކަނޑުގެ މާޙައުލު ޙިމާޔަތް ކުރުމާބެހޭ 15 މިނެޓުގެ ވީޑިއޯއެއް ފަސިންޖަރުންނަށް ދައްކަމުން ގެންދާ އެއަރލައިނެކެވެ. ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގައި ކުނި އަޅާނެ ކޮތަޅު ފަސިންޖަރުންނަށް ބަހަމުން ގެންދެއެވެ. ފަސިންޖަރުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެމީހުން ބޭނުންކުރާތަކެތީގެ ކުނިތައް މިކޮތަޅުތަކަށް އަޅައި، އެއަރލައިނާ ހަވާލުކުރުމުން، ބޯޓުގައި އެތަކެތި ގެންގޮސް، އެގައުމުގައި މިކުނިތައް އެންމެ އެދެވޭ ގޮތުގައި ނައްތާލައެވެ.
އައްޑުއަތޮޅު ފޭދޫ ސްކޫލަކީ، ތިމާވެށީގެ ދާއިރާއިން ގިނަ ހަރަކާތްތަކެއް ހިންގަމުން ގެންދާ ސްކޫލެކެވެ. ކޮންމެ އަހަރަކުވެސް އެސްކޫލުގައި ހިންގޭ މިހަރަކާތްތަކަކީ، ސްކޫލުގެ ސައިންސް ކްލަބާއި، ތިމާވެށި ކްލަބް ގުޅިގެން ހިންގޭ ހަރަކާތްތަކެކެވެ. މިގޮތުން ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުން ގުޅިގެން، އައްޑުއަތޮޅު ލިންކް ރޯޑުގައި ގަސްއިންދުމާއި، ރަށު އޮފީހާއި ސްކޫލް ގުޅިގެން ޢާންމުކޮށް ކުރިޔަށް ގެންދާރަށުގެ ފަރު ސާފުކުރުމާއި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ތިމާވެށި ކްލަބާއި، މުދައްރިސުންނާއި، ދަރިވަރުން ގުޅިގެން ސްކޫލުގެ ގޯތި ތެރޭގައި ގަސް އިންދައި ބެލެހެއްޓުމުގެ ޕްރޮގްރާމަކާއި، ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކާމެދު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ހިންގަމުން ގެންދެއެވެ.
އެކޯ ކެއަރގެ ހަރަކާތްތައް ފެށިފައިވަނީ، 1994 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިޖަމްޢިއްޔާއިން ފުރަތަމަ ހިންގަން ފެށީ ރާއްޖޭގައި ވެލާ ކަހަނބު ޙިމާޔަތް ކުރުމުގެ ކެމްޕޭނެކެވެ. އަދި "ސޭވް ދަ ޝާކް" ގެ ނަމުގައިވެސް ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި މާލޭގެ މަދަރުސާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތިމާވެށީގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅުގައި ހިންގަމުން ގެންދެއެވެ. މިގޮތުން މިޕްރޮގްރާމުގައި އެއަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ތަފާތު މައްސަލަތަކުގެ މަޢްލޫމާތު ކުދިންނަށް ދެމުން ގެންދެއެވެ. އަދި ތިމާވެށްޓާބެހޭ ތަފާތު ފޮތް، ލީފްލެޓް، ޕޯސްޓަރ، ކަލަންޑަރުފަދަ ތަކެތި މިޖަމްޢިއްޔާއިން ތައްޔާރުކުރަމުން ގެންދެއެވެ.
"މިއަދު" ނޫހަކީ، އެނޫސް ނުކުންނަށް ފެށީއްސުރެ، ރާއްޖޭގެ ތިމާވެށްޓާބެހޭ ޚަބރުތަކާއި މަޢްލޫމާތު ދެމުންގެންދާ ނޫހެކެވެ. ހަފްތާއަކު އެއްފަހަރު ރާއްޖޭގެ ތިމާވެށީގެ ހާލަތާބެހޭ ތަޙުލީލީ ރިޕޯޓެއް ޝާއިޢު ކުރަމުން ގެންދެއެވެ. މިރިޕޯޓުތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މަޢްލޫމާތާއި، ތިމާވެށްޓާބެހޭ ދިރާސާތަކާއި މަޢްލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދެއެވެ. އަދި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާބެހޭ ރަޙްމަތްތެރި އާދަތަކަށް މީހުން އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ނޫހުގެ ބޭރު ޞަފްޙާގައި ކުރު މެސެޖު ޝާއިޢު ކުރަމުން ގެންދެއެވެ.
ސޮނީ ހާޑްވެއަރ އަކީ، އެންމެ ފުރަތަމަ އެނރޖީ ސޭވް ބޮތްކާއި ހޮޅިބުރިފަދަ ތަކެތި ރާއްޖެއަށް ގެނެސް ޢާންމުކޮށް ވިއްކުމުގެ މަސައްކަތް ފެށި ކުންފުންޏެވެ. އެކުންފުނިން މިމަސައްކަތް ކުރަމުން ގެންދާތާ މިހާރު 15 އަހަރުވެއްޖެއެވެ. އަދި 2006 ޑިސެމްބަރ 7 ގައި ސޮނީ ހާޑްވެއަރއިން ވަނީ، އިސްރާފުވާ ހަކަތަ މަދުކޮށްދީ، ތިމާވެށްޓަށް ގިނަގުނަ ފައިދާތަކެއް ކުރާނެ އަދި ރާއްޖެއަށް މުޅިން އާ ސިސްޓަމެއް ތަޢާރުފު ކޮށްފައެވެ. ސޮނީ ހާޑްވެއަރ އިން އެނަރޖީ ސޭވް ބޮތްކާއި ހޮޅިބުރި ވިއްކުމުގެ ޚިދުމަތުގެ ސަބަބުން، ރާއްޖޭގައި ބޭނުންކުރާ ބޮތްކާއި ހޮޅިބުރީގެ ކަރަންޓުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވެ، ބޭނުންކުރެވޭ ހަކަތައިގެ މިންވަރު މަދުވެ، އެކަމުގެ ސަބަބުން ތިމާވެށްޓަށް ފައިދާކޮށްފައިވެއެވެ.
ދިގުރަށަކީވެސް، ތިމާވެށީގެ ރޮނގުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ރަށެކެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ތިމާވެށްޓަށް ރައްކާތެރިގޮތަށް ކުނި ނައްތާކުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ރަށުގެ އެކި ސަރަހައްދުތަކަށް އަޅާ ދަޅާއި، ފުޅިއާއި، ޕްލާސްޓިކް ކޮތަޅުފަދަ ތަކެތި އެއްކުރުމަށްޓަކައި ރަށުގެ 3 ސަރަހަޢްދެއްގައި 3 ޑަސްޓްބިން ބަހައްޓައި އެތަކެތި ރައްކާތެރިގޮތުގައި ނައްތާލަމުން ގެންދެވެއެވެ. ރަށް ފެހިކުރުމަށް ހިންގާ ޕްރޮގްރާމުގެ ތެރޭގައި، ރަށުގެ ހޭޅިއާއި އެހެނިހެން ސަރަހައްދުތަކުގައި އަދި މަގުތަކުގައި ހިޔާ ލިބޭގަސް އިންދުމަށް މަހަކު އެއްފަހަރު ހިންގާ ޕްރޮގްރާމް ހިމެނެއެވެ. އަދި ކުނީގެ ގޮތުގައި އުކާލެވޭ ހަރުތަކެތި ރައްކާތެރިގޮތުގައި ނައްތާލެވެއެވެ.
- ފެހިފަތް އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން ބޭފުޅަކު ވާހަކަފުޅު ދެއްކެވުން
ފެހިފަތް ލިބުނު ފަރާތްތަކުގެ ތެރެއިން ސޮނީ ހާޑްވެއަރގެ ފަރާތުން މި ޖަލްސާގައި އަލްފާޟިލް ޙަސަން ހަމީޒު ވާހަކަ ދެއްކެވިއެވެ.
- ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅުދެއްކެވުން.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީއާއި ތިމާވެށީގެ ވަރަށް ރަނގަޅު މީޒާނެއް އޮންނަންވާނެކަމަށް ވިދާޅުވިއެވެ. ތިމާވެށްޓަށް ސަމާލުކަންދީގެން، ތަރައްޤީއާއި އިޤްތިޞާދީ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެ
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން ތަރައްޤީއަށް ކުރާ މަސައްކަތްތަކުން، ތިމާވެށްޓާއި ޤުދްރަތީ ވަސީލަތްތަކަށް ގެއްލުން ލިބިގެން ނުވާނެކަމަށާއި، ކުރާ މަސައްކަތަށް ހީނަރުކަން ލިބި، ކުރިމަގު ބަނަވާކަމަށް ވަނީނަމަ، އެ މަސައްކަތް އަޅުގަނޑުމެން ކޮށްގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ.