You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

  • ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފި

    06 ޖުލައި 2017 : 11:48

    ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެސް.އޭ.ޑަބްލިއު އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެސް.އޭ.ޑަބްލިއު އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އޭ.ޕީ ޖަޔަރަތްނާ އެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 2,399,789.80 ޔޫ.އެސް ޑޮލަރެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 05 މަސް ދުވަހުގެ ތެރޭގައެވެ. ތިލަފުށީގައި މިހާރު ކުރިއަށްގެންދާ އުޞޫލުން ނުރައްކާތެރި ގޮތުގައި ކުނި އެންދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ހުއްޓާލުމަށްޓަކައި އެތަނުގައި 20 ޓަނުގެ އިންސިނެރޭޓަރެއް މިހާރުން މިހާރަށް ޤާއިމުކޮށް އެސިސްޓަމް ...ތަފްޞީލް

މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް މި މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

05 ޖުލައި 2017 : 2:45

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު 5 ޖުލައި 2017 ގައި ސޮއިކުރެވުނު ފަހުމުނާމާއަކީ ރާއްޖޭގެ ހިންގާ މާލީ އިދާރާތަކުން، ޢިމާރާތްތަކަށާއި ޢިމާރާތުގައި ހުންނަ ހަކަތަ ބޭނުންކުރާ ތަކެއްޗަށް ދޫކުރާ ލޯނާއި އެހެނިހެން ޚިދުމަތް ދިނުމުގައި ތިމާވެއްޓައި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމަށް ...ތަފްޞީލް

ހއ. ބާރަށުގެ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓަރްކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެންޑް ނޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ޖޭވީ) އާއި ޙަވާލު ކޮށްފި

21 ޖޫން 2017 : 2:04

އެކަށީގެންވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ހއ. ބާރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގެ ލޭބަރ ވޯކްސްގެ ކޮންޓްރެކްޓުގައި މި މިނިސްޓްރީއާއި އެސް.ޖޭ ކޮންސްޓަރްކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެންޑް ނޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ޖޭވީ) ...ތަފްޞީލް

ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގެ ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލު ކޮށްފި

21 ޖޫން 2017 : 1:53

އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން  ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މި މިނިސްޓްރީއާއި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ...ތަފްޞީލް

ޅ. ނައިފަރުގައ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތާއި އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

18 ޖޫން 2017 : 2:04

އެކަށީގެންވާ ބޯފެނުގެ ނިޒާމާއި  ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ޅ.ނައިފަރުގައ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި އަދި ތ.ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް މިއަދު ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުނފުންޏެއް ...ތަފްޞީލް

ހުވަދުއަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރކުރުމަށް ބަޔަކާ ޙަވާލުކޮށްފި

08 ޖޫން 2017 : 2:11

ހުވަދުއަތޮޅުގެ 10 ރަށަކަށް ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނޭ ރަށްތަކަކީ ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ކޮނޑޭ، ގއ. ގެމަނަފުށި، ގދ. މަޑަވެލި ، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ގައްދޫ، ގދ. ފިޔޯރީ އަދި ...ތަފްޞީލް

ގއ. ނިލަންދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

08 ޖޫން 2017 : 2:07

ގއ. ނިލަންދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް މިއަދު ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނޫމަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ނޫމަސް ކޮންސްޓްރަކްޝަން ...ތަފްޞީލް

ށ. މަރޮށީގައި ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

29 މައި 2017 : 10:39

ށ. މަރޮށީގައި ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.  އަދި އެކުއަރމެރިން ހޮލިޑޭސް ...ތަފްޞީލް