You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

އިންޓަނެޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ ތިންވަނަ އާންމު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން

14 ޖެނުއަރީ 2013 : 13:11

އިންޓަނެޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ ތިންވަނަ އާންމު ބައްދަލުވުން 13 ޖެނުއަރީ 2013އިން ފެށިގެން އަބޫދާބީ، ޔުނައިޓެޑް އަރަބް އެމިރެޓްގައި ކުރިޔަށްއެބަދެއެވެ.

އިއާދަކުރަނިވި ވަސީލަތްތައްތަކާއި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި މުސްތަޤްބަލަކަށް ވާސިލުވުމަށްޓަކައި އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ސިޔާސަތުތައް ނިންމާ އައިރީނާ އެސެމްބްލީއަކީ މި ދާއިރާއިން ބޭއްވޭ އެންމެ މުހިއްމު ބައްދަލުވުމެވެ. މި އެސެމްބްލީގައި 150 އަށްވުރެ ގިނަ ގައުމުން 850 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ

އަބޫދާބީގައި ކުރިއަށްދާ މިއާންމު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބަައިވެރިވެ ވަޑައިގަތީ މިނިސްޓާރ އޮފް އެންވައިރަމަންޓް އެންޑް އެނޭޖީ ޑރ.މަރިޔަމް ޝަކީލާއެވެ. މިބައްދަލުވުމުގައި މިނިސްޓާރ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ، ދުނިޔޭގެ މޫސުއަށް އަންނަ ބަދަލުތަށް ކުޑަކުރުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގެ މުހިންމުކަމާއި އަދި ދިވެހިރާއްޖޭގައި މިދާއިރާއިން މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ބެހޭގޮތުންނެވެ. ދެދުހުގެ މުއްދަތަކަށް ކުރިއަށްދާ މިބައްދަލުވުމަކީ އަބޫދާބގެީ ސަސްޓޭނަބިލިޓީ ހަފްތާގެ ތެރޭން ކުރިއަށްދައި ބައްދަލުވުމެކެވެ.