You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

ނިއު ދިއްލީ ގައި ކުރިޔަށްދާ 13 ވަނަ ދެމެހެއްޓެނިވި ތަރައްޤީ އާއި ބެހޭ ސަމިޓްގައި މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެ ވަޑައިގަންނަވައިފި

01 ފެބްރުއުރީ 2013 : 9:55

ނިއު ދިއްލީގައި މިހާރު ކުރިޔަށްދާ 13 ވަނަ ދެމެހެއްޓެނިވި ތަރައްޤީ އާއި ބެހޭ ސަމިޓުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގެންފިއެވެ. މި ސަމިޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގއެވެ. މިބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި، ސަފީރުން އަދި ކަމާއި ގުޅޭ މާހިރުން ބައިވެރިވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ނަސީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ދުނިޔޭގޭ އެކިޤައުމުތަކުގެ ވަޒީރުންނާއި އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސަމިޓްގެ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަމުން، ފެހި އަޤްތިޞާދެއް ދުނިޔޭގައި ބިނާކުރުމަށްޓަކައި ހުރިހާ ޤައުމެއް އެއްބާރުލައިގެން މަސައްކަތްކުރެއްވުމަށް ގޮވާލެއްވިއެވެ. އަދި އަސާސީ ޚިދުމަތްތައް ކަމަށްވާ، ފެން، ހަކަތަ އަދި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކުރުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، މިއަދު މިނިސްޓަރ ޑރ. ޝަކީލާ ވަނީ މި ބައްދަލުވުން އިންތިޒާމް ކުރެއްވި ފަރާތް ކަމަށްވާ ދަ އެނަރޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ)ގެ ޑިރެކްޓަރ ޖެނެރަލް އަދި އައި.ޕީ.ސީ.ސީ.ގެ ޗެއަރމަން ރާޖެންދްރަ ކުމާރް ޕަޗޯރީ އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން މިހާރު ތަހައްމަލުކުރަމުންދާ މޫސުމީ ގިނަ ގެއްލުންތަކުގެ މައްޗަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.