You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

މެންޑޭޓް

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަސައްކަތްތައް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތައް (ކްލައިމެޓް ޗޭންޖް) އާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި އަދި މީޓިއޮރޮލޮޖީ އާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.

2. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ރާއްޖޭގައި ހަކަތައާއި، ފެނާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން.

3. ރާއްޖޭގެ ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާ ބެހޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް އެކުލަވާލުމާއި، އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ސަރުކާރުގެ ފަރާތްތަކާ ގުޅިގެން ހޯދައި، އެ މަޝްރޫޢުތައް ރާވައި ހިންގުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން. އަދި، އެ މަޝްރޫޢުތައް ނިމުމުން އެ ނިޒާމުތައް ބަލަހައްޓައި ޚިދުމަތްދޭނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތްތައް މެދުވެރިކޮށް އެ ނިޒާމުތަކުން ޚިދުމަތްދޭނެ އިންތިޒާމުތައް ހަމަޖެއްސުން.

4. ރާއްޖޭގެ ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކުގެ މަސައްކަތް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.

5. ސިވިލް ވޯކްސް ފިޔަވާ އެހެން ހުރިހާ ބައިތަކެއްގެ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން. އަދި، މި މަޝްރޫޢުތައް ނިމުމުން އެނިޒާމުތައް ބަލަހައްޓާ ޚިދުމަތްދޭނެ ފަރާތެއް ކަނޑައަޅާ އެފަރާތްތައް މެދުވެރިކޮށް އެނިޒާމުތަކުން ޚިދުމަތްދޭނެ އިންތިޒާމު ހަމަޖެއްސުން.

6. ތިމާވެށްޓާއި، ހަކަތައާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީގެ ދާއިރާއިން ތިރީގައިމިވާ ކަންތައްތައް ކުރުން. ހ

. ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންތައްތަކާއި ރާއްޖެ ބައިވެރިވާ ޖަމްޢިއްޔާތަކާބެހޭ ކަންތައްތައް ކުރުން. ށ

. އިންސާނީ ވަސީލަތް ޤައުމީ ފެންވަރެއްގައި ބިނާކޮށް ތަރައްޤީކުރުން. ނ

. ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.ރ

. ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުމާއި، މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން، ކަންތައްތައް ރާވައި ހިންގުން.ބ

. “އިނޮވޭޓިވް ފައިނޭންސް” ހޯދާނެ ގޮތްތައް ރާއްޖެއަށް ތަޢާރުފުކޮށްދިނުން. ޅ

. އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، އެފަރާތްތަކަށް ވަސީލަތްތަކާއި ޢިނާޔަތްތައް ދެވެންހުރިވަރަކުން ދިނުން.ކ

. ހަކަތައާ ގުޅޭގޮތުން ލަފާދޭ ކޮމިޓީގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.

7. ދިވެހިރާއްޖޭގެ ތަރައްޤީ ބައްޓަންކުރުމުގައި، ޤުދުރަތީ މާހައުލު، ތަރައްޤީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން.

8. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ދިވެހިރާއްޖެއާއި ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫޢުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދުން.

10. މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތައް ވިލަރެސްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

11. ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ތަރައްޤީގެ ސްޓްރެޓެޖީއެއް އެކުލަވާލައި، އެ ސްޓްރެޓެޖީއާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުމާއި، އ.ދ. އާއި ބޭރުގެ ޖަމްޢިއްޔާތަކުން ރާއްޖޭގައި ކުރުމަށް ހުށަހަޅާ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި ހިންގުން.

12. ޤާނޫނު ނަންބަރު 78/77 (ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު) ތަންފީޒުކުރުން.

13. ހަކަތައިގެ ދާއިރާ ރާވައި ހިންގައި، ހަކަތަ އުފައްދައި، ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައާއި، ފަންނީ އަދި އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

14. އިއާދަކުރަނިވި ހަކަތަ އުފައްދައިދޭ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

15. ރާއްޖޭގައި ފެން އުފެއްދުމާއި، ބޭނުންކުރުމާއި، އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، މިކަންކަމާބެހޭ އުސޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުން.

16. ޢާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށް މަގު ތަނަވަސްކޮށްދިނުން.

17. ރާއްޖޭގެ ރަށްރަށުގެ ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

18. ރާއްޖޭގެ ރައްޔިތުންނަށް، ސާފުތާހިރު އަދި ރައްކާތެރި ފެން ލިބިދިނުމަށްޓަކައި، ފެނުގެ ނިޒާމް ފަރުމާކޮށް ޤާއިމުކުރުމާއި، ރަށްރަށުގައި ފެން ރައްކާކުރުމުގެ ވަސީލަތްތައް އިތުރުކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމާގުޅޭ އެންމެހާ ކަންކަން ކުރުން.

19. ނަޖިހާއި ނަޖިސްފެން ނައްތާލުމުލުމުގެ އިންތިޒާމުތައް ރޭވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ހިންގުން.

20. ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ޚިދްމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިޤްތިޞާދީ ގޮތުން ނިންމުންތައް ނިންމުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

21. ފެނާއި، ނަރުދަމާގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، އެޚިދްމަތް ފުޅާކޮށް، ޚިދްމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި ޚިދްމަތް ދިނުމަށްޓަކައި، ވާދަވެރި މާހައުލަކަށް، ދާއިރާ ހުޅުވާލުމާބެހޭ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.

22. ދިވެހިރާއްޖެއަށް އެކަށީގެންވާ ކުނި މެނޭޖްކުރުމުގެ ނިޒާމުތައް އެކަށައަޅައި، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

23. ކުނި ނައްތާލާނެ ފުރިހަމަ ވަޞީލަތްތަކެއް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ޤާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

24. ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުމާއި، ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ކަނޑައެޅުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.

25. ދަތުރުފަތުރުގެ ދާއިރާއިން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަށް ކުޑަކުރުމަށް ކުރަންޖެހޭ ކަންތަށްތަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި ބެލެހެއްޓުމާއި، މިކަމާއި ގުޅޭ ގޮތުން ހަދަންޖެހޭ ގަވައިދުތަށް ހަދައި ހިންގުން.

26. ރާއްޖޭގެ ކަނޑުގެ ތިމާވެށި ރައްކާ ކުރުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ސިޔާސަތް ކަނޑައެޅުމާއި، މިކަމާއި ބެހޭ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތަށް ހިންގުމާއި އެކަންތަށް ބޭނުންވާ ތަމްރީންގެ މިންގަނޑުތައް ކަނޑައެޅުން.

27. ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފެންވަރުގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި، އެއްބަސްވުން ތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުންނެވެ.

1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

2. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

3. މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

4. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތްތައް

1. ދިވެހިރާއްޖޭގައި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.

2. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ، މޫސުމާބެހޭ މަޢުލޫމާތު ބަލަހައްޓައި، ކަމާބެހޭ “ނޮލެޖްބޭސް” އެއް ޤާއިމްކޮށް، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

3. މީޓިއޮރޮލޮޖީއާބެހޭ ސައިންޓިފިކް މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުން.

4. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ސުނާމީ ފަދަ ޤުދުރަތީ ހާދިސާތަކާގުޅޭ އިންޒާރު ލިބޭނެ ގޮތްތައް ހޯދައި، އެފަދަ އިންޒާރު ދިނުން.

5. ޤުދުރަތީގޮތުންނާއި އެނޫންވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ ހާދިސާތަކުގެ ގެއްލުންތައް ލަފާކުރުމާއި، އެފަދަ ހާދިސާތަކުގެ މަޢުލޫމާތު ހޯދުމާއި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތަށް އެ މަޢްލޫމާތު  ފޯރުވައިދިނުމާ އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން.

6. ދިވެހިރާއްޖެއަށް އަންނަ ބިންހެލުމާއި، ސުނާމީ ފަދަ ޤުދުރަތީ ހާދިސާތަކާގުޅޭ މަޢުލޫމާތު ރިކޯޑްކޮށް ބެލެހެއްޓުން.

 

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިޔުލޭޓަރީ އިދާރާއެކެވެ. މިއެޖެންސީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1. ތިމާވެށްޓާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތް ކުރަންޖެހޭ ތަންތަނާއި، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން  ހިމާޔަތް ކުރަންޖެހޭ ތަކެތި ކަނޑައަޅައި، އެތަންތަނާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ރާވައި އިންތިޒާމްކުރުން.

2. ރާއްޖޭގެ ތިމާވެށްޓަށް، ފާހަގަކުރެވޭފަދަ ބަދަލެއް، އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެހެއްޓުން.

3. ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

4. ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން.

5.ތިމާވެށްޓަށް ރައްކާތެރި ގޮތެއްގެ މަތިން ރާއްޖޭގައި ކުނިބުނި ނައްތާލުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި، ކުނިބުނި ނައްތާލުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެ މިންގަނޑުތަކާއި އެ އުސޫލުތަކަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުން.

6. ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން، ތިމާވެށީގެ އަގު ވަޒަންކުރުމުގެ ނިޒާމެއް ތަޢާރުފުކޮށް، އެކަމާބެހޭ ކަންތައްތައް ހިންގުން.

7. ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން. އަދި ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތައް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފަޔާއި މަޝްވަރާދިނުން.

8. ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދްމަތްދިނުމަށާއި، ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ ޚިދްމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދްމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުން ދޭތޯ ބެލުން.

9. ރާއްޖޭގައި ނަޖިހާއި ނަޖިސްފެން ނައްތާލުމާބެހޭ އުޞޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތައް ކަނޑައަޅައި، ފެނުގެ ޚިދްމަތްދޭ ފަރާތްތަކުން މި މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުން.

10. އާންމުކޮށް ބޭނުންކުރާ ފެނުގެ ޚިދްމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ޚިދްމަތް ވިޔަފާރި އުސޫލުން ދިނުމަށްއެދޭ ފަރާތްތަކުން، އެ ޚިދްމަތްތަކަށް އަގުނެގުމަށް ބޭނުންކުރާނެ މިންގަނޑުތައް ކަނޑައަޅައި، އަގު ނެގުމުގެ ހުއްދަ ދިނުމާއި، އެފަދަ ޚިދްމަތްދޭ ފަރާތްތަކާއި ޚިދްމަތް ލިބިގަންނަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައި، ދެފަރާތުގެ މަޞްލަހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

11. ސައިންޓިފިކް ދިރާސާތަކާއި ތަޙްލީލްތައްކޮށް، ކަމާބެހޭ “ނޮލެޖްބޭސް” އެއް ޤާއިމްކޮށް، ބަލަހައްޓައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

12. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ މަޝްވަރާއާއި ލަފާދިނުން.

13. ރާއްޖޭގެ ރަށްރަށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

14. ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

15. ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަޙްލީލުތައްކޮށް، ކަމާބެހޭ މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

16. ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

17. ރާއްޖޭގެ ތިމާވެށްޓާ ގުޅުންހުރި ބަޔޯޓެކްނޯލޮޖީއާއި ބަޔޯސޭފްޓީގެ ކަންތައްތަކާބެހޭ ދިރާސާތަކާއި ތަޙްލީލުތައްކޮށް، ކަމާބެހޭ މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

18. ހަކަތައާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ “ނޮލެޖްބޭސް” އެއް ގާއިމްކޮށް، ބަލަހައްޓައި މިމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

19. ދިވެހިރާއްޖޭގެ ފިޒިކަލް އޯޝޮނޮގްރަފީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.

20. ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑިފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މިފަދަ މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

21. ރާއްޖޭގައި ލިބެންހުރި ފެނުގެ ވަސީލަތްތަކާބެހޭ ސައިންޓިފިކް ދިރާސާތައްކޮށް ކަމާބެހޭ މަޢުލޫމާތު ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

22. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު (އެކްސްކުލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން.

23. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެއްޓާބެހޭ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ “ނޮލެޖްބޭސް” އެއް ޤާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުވައިދިނުން.

 

މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ މަސައްކަތްތައް

މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެކެވެ. މި އޮތޯރިޓީގެ މަސައްކަތް ތިރީގައި މިވަނީއެވެ.1

. ހަކަތައާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފައާއި މަޝްވަރާ ދިނުމާއި، ދާއިރާގެ ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުން.

2.ސަރުކާރުގެ ހަކަތައާބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ދާއިރާ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައަޅައި، ގަވާއިދުތައް ހިންގުން.

3. ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމާބެހޭ ރެގިއުލޭޓަރީ ކޯޑަކާއި، ސްޓޭންޑަރޑްތައް ތައްޔާރުކުރުމާއި، ރާއްޖޭގައި ހަކަތައިގެ ބޭނުންކޮށްގެން ޚިދްމަތް ދިނުމާބެހޭ ގަވާއިދުތައް ހަދައި ހިންގުން.

4. ރާއްޖެއަށް އެތެރެކުރާ ހަކަތައާއި ރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ހަކަތަ އުފައްދާ ވަސީލަތްތަކުގައި ހުންނަންޖެހޭ ސްޓޭންޑަރޑްތައް ކަނޑައެޅުން.

5. ކަރަންޓުގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކަށް އެކަންކުރުމުގެ ހުއްދަ ދޫކުރުމާއި، އެ ފަރާތްތަކުންދޭ ކަރަންޓުގެ ޚިދުމަތަށް އަގުނެގޭނެ އުސޫލު ކަނޑައެޅުމާއި، އަމިއްލަ ބޭނުމަށް ކަރަންޓު އުފައްދަން ބޭނުންވާ ފަރާތްތަކަށް އެކަންކުރުމުގެ ހުއްދިނުން، އަދި އެ ފަރާތްތަކުން ޢަމަލުކުރަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުން.

6. ކަރަންޓުގެ މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ ހުއްދަ ދޫކުރުމާއި، ކަރަންޓުގެ މަސައްކަތްތަކާގުޅޭ ކޮންސަލްޓަންޓުންގެ ފެންވަރު ކަނޑައެޅުން.

7. ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކާއި ޚިދްމަތް ލިބިގަންނަ ފަރާތްތަކާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކާ ޚިލާފުވުމުން އުފެދޭ މައްސަލައް ބެލުން.

8. ރާއްޖޭގައި ހަކަތަ އުފައްދާ މިންވަރާއި ބޭނުންކުރާ މިންވަރާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި، ރާއްޖެއަށް ހަކަތަ ބޭނުންވާ މިންވަރު ބެލުން. އަދި، މިކަމާބެހޭ މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް، އެ މަޢުލޫމާތު އާންމުކުރުން.

9. ޤާނޫނު ނަންބަރު 96/4 “އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު” ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

 

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހުގެ މަސައްކަތްތައް

1. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރަވާއި ހިންގުމާއި، އެ މަސައްކަތުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރު ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

2. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.3. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިކުރުމަށްޓަކައި، އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅުގެ ރިސޯރޓްތަކާއި، ބަޔޮސްފިއަރ ރިޒާރވަށް ޒިޔާރަތްކުރާ ފަރާތްތަކާއެކު ޤާއިމުކުރަންޖެހޭ ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުން.4. މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތައް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.5. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ ފަރާތްތަކާއެކު އެ މަޢުލޫމާތު ހިއްސާކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.

19 ޖޫން 2013