ވަޒީފާގެ ފުރުޞަތު

ކޮންސަލްޓަންސީ: ރިސަރޗް ކޮންސިއުމަރ ބިހޭވިއަރ އެންޑް ޕްރިފަރެންސަސް ރިގާޑިންގ އެނަރޖީ އެފިޝަންސީ އިން ހައުސްހޯލްޑްސް

5 ސެޕްޓެމްބަރ 2016 (IUL)438-CCS/438/2016/229

ނަންބަރު: IUL)438-CCS/438/2016/229)
ތާރީޙް: 05 ސެޕްޓެމްބަރު 2016

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ އާމެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ރިސަރޗެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

“ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” މަޝްރޫޢުއަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

މިމަޝްރޫއުގެ ތެރެއިން ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ އާމެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ރިސަރޗެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަސައްކަތުގެ ” ޓާރމްސް އޮފް ރިފަރެންސް ” މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރ 25 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 ސެޕްޓެންބަރ 25 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
“Research Consumer Behavior and Preferences Regarding Energy Efficiency in Households”

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ