ވަޒީފާގެ ފުރުޞަތު

ކޮމިޔުނިކޭޝަން އެންޑް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓެރެޓެޖީސް މަޝްރޫޢު – 2 ވަނަ ފުރުޞަތު

15 ޑިސެމްބަރ 2016 (IUL) 438-CCS/438/2016/272

ނަންބަރު: (IUL)438-CCS/438/2016/272
ތާރީޚް: 15 ޑިސެމްބަރ 2016

ވަޒީފާގެ ފުރުސަތު
ކޮމިޔުނިކޭޝަންސް އެންޑް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ކުރިއަށް ގެންދާ ‘ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް’ މަޝްރޫއަށް ކޮމިޔުނިކޭޝަންސް އެންޑް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ އެއް އައްޔަނު ކުރުމަށް ބޭނުންވެއެވެ. ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށްގެންދާ މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން “ޕްރޮޕޯސަލް” ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުޅުވައިލަމެވެ.

މަސައްކަތުގެ މައްސޫލިއްޔަތައް އަދި އެހެނިހެން ތަފްސީލް ހިމެނޭ މަސައްކަތުގެ ” ޓާރމްސް އޮފް ރިފަރެންސް ” މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 18,500 ރުފިޔާގެ އުޖޫރައެއް ކޮންމެ މަހަކު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 1200 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް “ޕްރޮޕޯސަލް” ހުށަހެޅުއްވުންއެދެމެވެ.

ހިއުމަން ރިސޯސަސް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ
ފޯން: 3018300 960+ , ފެކްސް: 3018301 960+