ޚަބަރު

ޑަސްބިނާއި ކާދު ހެދުމަށް ބޭނުންވާ އާލާތްތައް އެތެރެކޮށް ފަސް ރަށަކަށް ފޮނުވުމަށް ބަޔަކާ ޙަވާލުކޮށްފި

21 އޯގަސްޓް 2016

ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ.މަރޮށި އަދި ށ. ގޮއިދޫއަށް ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް އިމްޕޯރޓްކޮށް ޑެލިވަރކުރުމަށަ ބަޔަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ސައީދެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ސާފުރާއްޖެ ޒޯން 1 – ސަރަޙައްދީ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގެ ދަށުން ހިންގާ މި މަސައްކަތުގެ ޖުމްލަ އަގަކީ 730،00.541 ރ (ހަތްލައްކަ ތިރީސްހާސް ފަސްސަތޭކަ ސާޅީސް އެކެއް) ދިވެހި ރުފިޔާއެވެ.