ޚަބަރު

ނ.ކެނދިކުޅުދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

21 އޯގަސްޓް 2016

ނ.ކެނދިކުޅުދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނިއު ހިޔާ އިންވެސްޓްމެންޓާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ނިއު ހިޔާ އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ހުސެއިން ޝިމާއުއެވެ. މިމަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ނ.ކެނދިކުޅުދޫ ކުނި މެނޭޖްކުރާ މަރުކަޒު (އައި.ޑަބްލިއު.އެމް.ސީ) އަޕްގްރޭޑްކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމަށް ހިންގޭ މަސައްކަތެކެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 736,170.00 (ހަތް ލައްކަ ތިރީސް ހަ ހާސް އެއް ސަތޭކަ ހަތްދިހަ ރުފިޔާ) ދިވެހި ރުފިޔާއެވެ.