ޚަބަރު

ރ. އަލިފުށި ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

21 އޯގަސްޓް 2016

ރ. އަލިފުށި ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ބްރޯހޫޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤްއިބްރާހީމެވެ. އަދި ބްރޯހޫޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އަހުމަދު ނަޢީމެވެ. މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ރ.އަލިފުށީ ކުނި މެނޭޖްކުރާ މަރުކަޒު (އައި.ޑަބްލިއު.އެމް.ސީ) އަޕްގްރޭޑްކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 982,663.01 ދިވެހި ރުފިޔާއެވެ.