ޚަބަރު

ސ. ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

8 ސެޕްޓެމްބަރ 2016

ސ. ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމު ޑިޒައިންގ އެންޑް ބިލްޑް އުސޫލުން ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއެވެ. މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ފަޒުލް ރަޝީދެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސ. ހިތަދޫ އުތުރާއި ދެކުނުގައި ނަރުދަމާ ނިޒާމް ޤާއިމުކުރެވިގެން ދާނެއެވެ.

ސަރުކާރުގެ ޕީ. އެސް.އައި.ޕީ ބަޖެޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ 109,008,738.11 ރ (ސަތޭކަ ނުވަ މިލިޔަން އައްހާސް ހަތްސަތޭކަ ތިރީސް އަށް ރުފިޔާ އެގާރަ ލާރި) އެވެ. މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކަކީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 މަސް ދުވަހެވެ.