ޚަބަރު

ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓުތައް 4 ރަށަކަށް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

29 ނޮވެމްބަރ 2016

ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓުތައް 4 ރަށަކަށް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެ ހަތަރު ރަށަކީ ގދ. ވިލިގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީ ހުޅުމީދޫއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސެއިން ރަޝީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 7,364,329.86 ދިވެހި ރުފިޔާއެވެ. މި މަސައްކަތަށް ޚަރަދުކުރަނީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.