ޚަބަރު

އއ. ރަސްދޫ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް ނިންމައި މިނިސްޓްރީއާއި ޙަވާލުކޮށްފި

19 އޭޕްރިލް 2017

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމް.ޑަބްލިއު.އެސް.ސީ.) ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އއ.ރަސްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް ނިންމައި މިނިސްޓްރީއާއި ޙަވާލުކޮށްފިއެވެ. މި ޑިޒައިންގ ޑޮކިއުމަންޓްތައް މިނިސްޓްރީއާއި ޙަވާލުކޮށްފައިވަނީ މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފަޒުލް ރަޝީދެވެ.

މި މަސައްކަތުގެ ދަށުން އއ. ރަސްދޫގެ ފެނުގެ ނިޒާމުގެ ސާރވޭ އަދި ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ކުރެވިފައެވެ.