ޚަބަރު

ހއ. މާރަންދޫ، ބ. މާޅޮސް އަދި ހއ. މުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

19 އޭޕްރިލް 2017

ހއ. މާރަންދޫ، ބ. މާޅޮސް އަދި ހއ. މުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓންސީގެ މަސައްކަތް ކުރުމަށް ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ޙަވާލުކޮށްފިއެވެ. މިކޮންސަލްޓަންސީ މަސައްކަތް ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ގޯތަމް މަހާވިރް ޝާހެވެ.

މި މަޝްރޫޢުގެ ދަށުން ހއ. މާރަންދޫ، ބ. މާޅޮސް އަދި ހއ. މުރައިދޫ ނަރުދަމާ ނިޒާމުގެ ނިޒާމް ސާރވޭ އަދި ޑިޒައިން ކޮންސަލްޓަންސީގެ މަސައްކަތް ކުރެވިގެންދާނެއެވެ.

އަދި މި މަޝްރޫއުގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓަންސީ މަސައްކަތް ކާމިޔާބު ކުރި ފަރާތް ކަމުގައިވާ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ޖުމްލަ އަގަކީ 878,000.44 (އައްލަކަށް ހަތްދިހަ އައްހާސް ސާޅީސް ހަތަރު ރުފިޔާއެވެ.) މި މަޝްރޫޢުގެ ސާރވޭ އަދި ޑިޒައިންގެ ކޮންސަލްޓަންސީގެ މަސައްކަތް ނިންމުމަށް އެފަރާތުން ހުށަހަޅުއްވާފައިވާ މުއްދަތަކަކީ ސޮއިކުރާ ތާރީޚުން ފެށިގެން 06 މަސް ދުވަހެވެ.