ޚަބަރު

ދ. ކުޑަހުވަދޫ، ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމުގައިވާ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއި ޙަވާލު ކޮށްފި

4 މެއި 2017

އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫ، ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މި މިނިސްޓްރީއާއި ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ޖެނެރަލް މެނޭޖަރ (ޕްރޮޖެކްޓްސް) މިސްޓަރ އަނިލް އަރޯރާ އެވެ.
އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު، ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއި ލިމިޓެޑްއާއި ޙަވާލު ކުރެވިފައިވަނީ 104,882,495.90(ސަތޭކަ ހަތަރު މިލިއަން އަށް ސަތޭކަ އަށްޑިހަ ދެ ސާސް ހަތަރު ސަތޭކަ ނުވަދިހަ ފަސް ރުފިޔާ ނުވަދިހަ ލާރި އަށެވ އަށެވެ.
މިމަޝްރޫޢުގެ ދަށުން ދ.ކުޑަހުވަދޫގައި 22 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 105 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. ތ. ގުރައިދޫގައި 08 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 78 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. އަދި ގއ. ވިލިނގިލީގައި 10 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 159 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ.
މި މަޝްރޫޢު ނިމޭއިރު ދ. ކުޑަހުވަދޫ، ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގައި ބޯފެނުގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާ ދެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަހެވެ.