ޚަބަރު

ގއ. ކަނޑުހުޅުދޫގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ގއ. ކަނޑުހުޅުދޫގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި އައި.އެސް.އެފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކަޓިވް އޮފިސަރ (ސީ.އ.އޯ) އަލްފާޟިލް މުޙައްމަދު އިލްހާމެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,495,594.56 (އެއްމިލިއަން ހަތަރުލައްކަ ނުވަދިހަ ފަސްހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ފަންސާސް ހަލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢޫ ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައެވެ.