ޚަބަރު

ނ. މާފަރުގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ނ. މާފަރުގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނިއު ހިޔާ މޯލްޑިވްސް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި ނިއު ހިޔާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ހުސެއިން ސިމާއުއެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,059,513 (އެއް މިލިއަން ފަންސާސް ނުވަ ހާސް ފަސް ސަތޭކަ ތޭރަ ރުފިޔާ) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައެވެ.