ޚަބަރު

ގދ. ތިނަދޫ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑްކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ގދ. ތިނަދޫ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑްކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނޫމަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި ނޫމަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަހުމަދު ޒާހިރެވެ.

މި މަޝަރޫޢުއަކީ ދިވެހި ސަރުކާރުގެ ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވެސްޓްމަނެޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,171,893.47 (އެއްމިލިއަން އެއްލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ ސާޅީސް ހަތްލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 55 ދުވަހުގެ ތެރޭގައެވެ.