ޚަބަރު

އައްޑޫ ސިޓީ ހިތަދޫ، ހުޅުމީދޫ އަދި ޏ. ފުވައްމުލަކުގައި ޑަސްޓްބިން ތައް ބެހެއްޓުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފި

10 ޖުލައި 2016

އައްޑޫ ސިޓީ ހިތަދޫ، ހުޅުމީދޫ އަދި ޏ. ފުވައްމުލަކުގައި ޑަސްޓްބިން ތައް ބެހެއްޓުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ބިލްޑްރޯ ސީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ބިލްޑްރޯ ސީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސައްދާމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 560,252.92 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 37 ދުވަހުގެ ތެރޭގައެވެ.