ޚަބަރު

ފަސް ރަށެއްގައި ޑަސްޓްބިން ބެހެއްޓުމަށާއި ކުނި ކޮމްޕޯސްޓް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފި

10 ޖުލައި 2016

ފަސް ރަށެއްގައި ޑަސްޓްބިން ބެހެއްޓުމަށާއި ކުނި ކޮމްޕޯސްޓް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ. އެގޮތުން ޑަސްޓްބިން ބެހެއްޓުމަށާއި ކުނި ކޮމްޕޯސްޓް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދާ ރަށްތަކަކީ ގދ. ތިނަދޫ، ގދ. މަޑަވެލި، ގއ. ގެމަނަފުށި، ގއ. ދެއްވަދޫ އަދި ގއ. ވިލިނގިލި އެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ހަސަން ސަޢީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 523,315.67 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 32 ދުވަހުގެ ތެރޭގައެވެ.