ޚަބަރު

ތިލަފުށީގައި ޤާއިމުކުރެވޭ އިންސިނެރޭޝަން ފެސިލިޓީއަށް ބޭނުންވާ ވޭސްޓް ބޭލިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

19 އޮކްޓޯބަރ 2017

ތިލަފުށީގައި ޤާއިމުކުރެވޭ އިންސިނެރޭޝަން ފެސިލިޓީއަށް ބޭނުންވާ އެސޯސިއޭޓް އިކުއިޕްމަންޓް (ވޭސްޓް ބޭލިންގ ސިސްޓަމް) ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސުވެޑެން ގެ ކުންފުންޏެއް ކަމަށްވާ ފްލެކްސަސް ބަލާސިސްޓަމް އޭޑީ އާއެވެ. މިއަދު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ފްލެކްސަސް ބަލާސިސްޓަމް އޭބީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް ޑިރެކްޓަރ މިސްޓަރ ޕީޓަރ ސުވެންސަނެވެ.

މި ކޮންޓްރެކްޓުގެ ދަށުން ތިލަފުށީގައި ޤާއިމުކުރެވޭ އިންސިނެރޭޝަން ފެސިލިޓީއަށް ބޭނުންވާ އެސޯސިއޭޓް އިކުއިޕްމަންޓް (ވޭސްޓް ބޭލިންގ ސިސްޓަމް) ޤާއިމުކުރެވި އެ ސިސްޓަމް އޮޕަރޭޓް ކުރާނެ ގޮތުގެ ތަމްރީނުވެސް ކަމާގުޅޭ ބޭފުޅުންނަށް ދެވޭނެއެވެ.

ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވަސްޓަމްންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަސައްކަތުގެ ޖުމްލަ އަގަކީ 1,759,996.00 އެމެރިކާ ޑޮލަރެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 05 މަސް ދުވަހުގެ ތެރޭގައެވެ.