ޚަބަރު

ފެނަކަ އަގުމަގުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

8 ނޮވެމްބަރ 2017

އިންޖީނުގެތަކާއި އެތަންތަން ހިންގުމަށް ޤާއިމުކުރެވިފައިވާ އެންމެހާ ވަސީލަތްތައް އަގުމަގުކޮށް ބެލެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައެްކަތް ޙަވާލުކޮށްފައިވަނީ އެފް.ޖޭ.އެސް އެސޯސިއޭޓްސް އާއެވެ. މި މަަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެފް.ޖޭ.އެސް އެސޯސިއޭޓްސް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ސަނާ މަންސޫރެވެ.

މިމަސައްކަތް ނިމުމުން ފެނަކައިގެ މިލްކިއްޔާތުގައިވާ ހުރިހާ ހަރުމުދަލެއްގެ ހަމަ އަގު އެނގި ކުންފުނީގެ އަގު އެނގިގެންދާނެއެެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 1,351,204 ދިވެހި ރުފިޔާއެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތެކެވެ.