ޚަބަރު

ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން ވޭސްޓް މެނޭޖްމަންޓް ކޯޕޮރޭޝަނާ ޙަވާލުކޮށްފި

2 އޯގަސްޓް 2016

ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އިބްރާހީމް ފުއާދެވެ. މީގެ ކުރިން ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހިންގާ ބަލަހައްޓަމުން އައީ މިނިސްޓްރީގެ މޯލްޑިވްސް އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓުންނެވެ.