ޚަބަރު

“އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް – އެންދެރި” ޕްރޮޖެކްޓުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

10 ޑިސެމްބަރ 2018

“އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް – އެންދެރި” ޕްރޮޖެކްޓުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ 2 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މިއަދު ޝީ ބިލްޑިންގ ގައި ބޭއްވި މި މަސައްކަތު ބައްދަލުވުން މަސައްކަތު ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރެވެ. ޑރ. ނަސީރުގެ ވާހަކަފުޅުގައި ދިރޭތަކެތީގެ ނަސްލާއި ދިވެހިރާއްޖޭގެ ފަރުގެ ނިޒާމުގެ މުހިއްމުކަމުގެ ވާހަކަފުޅު ދެއްކެވިއެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ ހިލޭ އެހީގެ ދަށުން، މި މިނިސްޓްރީއިން ކުރިއަށްގެންދާ “އެންހޭންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)” ޕްރެޖްކްޓަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ މާޙައުލުގެ އެކައުންޓްސް ޤައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުމާއެކު އެ އެކައުންޓްސްގެ ބޭނުންކޮށްގެން ފަރުތަކުގެ މާޙައުލާއި، ގުޅިފައިވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދަމަހައްޓައި، މާޙައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭ ނޭދެވޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެއްހޯދައި އެފަދަ ގޮތްތައް ނަކަލުކުރެވޭނެ ނިޒާމެއް ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓެކެވެ.

މިގޮތުން، މި ޕްރޮޖެކްޓްގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން 23 ޖުލައި 2018ގައި ވަނީ ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާފައެވެ.މި ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި، އެކި މުވައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖާމާޢަތްތައް ވަނީ ބައިވެރިވެފައެވެ.