ޚަބަރު

ބ. ކެންދޫ ކުނިކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ބ. ކެންދޫގެ ކުނިކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ސަލީމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 552,767.80 (ފަސް ލައްކަ ފަންސާސް ދެ ހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ލާރި) އެވެ.