ޚަބަރު

ސެކަންޑް އިންޓަރނޭޝަނަލް ޝާކް އެންޑް ރޭ ކޮންޒަރވޭޝަން ސިމްޕޯސިއަމް” ފަށައިފި”

23 އޯގަސްޓް 2016

“ދަ ސެކަންޑް އިންޓަރނޭޝަނަލް ޝާކް އެންޑް ރޭ ކޮންޒަރވޭޝަން ސިމްޕޯސިއަމް” މިއަދު ފޯރ ސީޒަންސް ލަނޑާ ގިރާވަރުގައި ފަށައިފިއެވެ. މި ސިމްޕޯސިއަމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އެގޮތުން މިނިސްޓރ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ މެރިން ލައިފް ހިމާޔަތްކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ޤައުމުކަމަށް ވިދާޅުވެ ސިލްކީ ޝާރކް ހިމާޔަތްކުރުމަށް ސައިޓީސްގައި ހިމެނުމަށް ޕްރޮޕޯސަލް ހުށަހެޅިއިރު ދުނިޔޭގެ ޤައުމުތަކުން ދެއްވި އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން މި މަހާސިންތާގައި ބައިވެރިވާއިރު ރާއްޖެއިން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތަކުގައި ހިމެނޭ ސިލްކީ ޝާރކް، ތްރެޝަރ ޝާރކް އަދި މޮބިއުލާ ރޭސް ހިމާޔަތްކުރުމަކީ ސައިޓީސް ކޮޕް 17 ގައި ކުރާ އެންމެ މުހިންމުކަމެއް ކަމުގައި ހެދުމަށް މަސައްކަތްކުރާނެއެވެ. މި ސިމްޕޯސިއަމްގައި ރާއްޖޭގެ ފަރާތުން 03 ޕްރެޒެންޓޭޝަނެއް ހުށަހަޅާއިރު މި ޕްރެޒެންޓޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކަޓިވް ޑރ. ޢަބްދުﷲ ނަސީރާއި މެރިން ރިސާރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޝިހާމް އާދަމެވެ.

[“media id=”966]

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާ އަކީ ސްރީލަންކާ އާއި ފިޖީ އާ ގުޅިގެން ބާއްވާ މަހާސިންތާއެކެވެ.