ޑިޕާޓްމަންޓްތައް 13 ޕޯސްޓް

ހިއުމަން ރިސޯސަސް

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 3 މުވައްޒަފުން

މަސައްކަތްތައް: ހިއުމަންރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ  މަސައްކަތްތަކަކީ، މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސް ފިޔަރ ރިޒާވް އޮފީހަށް މުވައްޒަފުން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި އެހެނިހެން އެލަވަންސްތައް ދިނުމާއި ރެކޯޑު ބެލެހެއްޓުމާއި،  މި މިނިސްޓްރީގެ ދަށުން ހިނގަމުން ގެންދާ ޕްރޮޖެކްޓް ތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ޓޮޕް-އަޕް އުޞޫލުން ހޯދަންޖެހޭ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންނަށް … އިތުރަށް ވިދާޅުވުމަށް

ކޯޕޮރޭޓް

  • އިޞްލާޙު ކުރެވުނު 25 ޖުލައި 2016
  • 5 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ދިވެހި ސިވިލް ސަރވިސްގެ ގަވާޢިދުގެ ޗެޕްޓަރ 7ން ޕަރމަނަންޓް ސެކްރެޓަރީ ކުރުމަށް ލާޒިމުކުރާ ކަންތައްތަކުގެތެރެއިން ސަރުކާރުގެ ރަސްމީ އޮނިގަނޑުން މިނިސްޓްރީއަށް ކަނޑައަޅާފައިވާ މެންޑޭޓު ތަންފީޒުކުރުމަށް ކުރަންޖެހޭ ފައިސާއާއި މުދަލާބެހޭ އެންމެހާ ކަންތައްތަކާއި، އިދާރީ ކަންކަމާއި، މުވައްޒަފުންނާގުޅޭ ކަންކަން ރާވައި ހިންގާ، މޮނީޓަރކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން މިނިސްޓްރީގެ ޑިޕާޓްމަންޓުތައް ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދީ މޮނީޓަރކޮށް ބެލެހެއްޓުމެވެ.   ވެރިޔާ: އާދަމް އުސްމާން … އިތުރަށް ވިދާޅުވުމަށް

ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016
  • 9 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: މޫސުމަށް އަންނަ ބަދަލުތަކާށް ހޭނުވުމާއި ވިލުންތެރިކަން އިތުރުކުރުމާ، ޖައްވަށް ދޫކުރާ ވިހަ ގޭސް މަޑުކުރުމަށްޓަކައި ޤައުމީ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވަލައި، އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ ވަސީލަތްތައް ހޯދުމެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރާއްޖެއާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމަތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެ ކަމާގުޅިގެން ރާއްޖޭއިން ކުރަންޖެހޭ މަސައްކަތްތައް … އިތުރަށް ވިދާޅުވުމަށް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 4 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާއި، އައިސީޓީ އިންފްރާސްޓްރަކްޗަރ އާއި ނެޓްވޯކް ސެކިއުރިޓީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އައިސީޓީ ޕޮލިސީތަކާއި ސްޓޭންޑަރޑްތައް އެކުލަވާލައި، މުރާޖަޢާކޮށް، އަދާހަމަކުރުން. މީގެ އިތުރުން، އައިސީޓީ އާއި ގުޅޭ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި މާލީ ކަންކަން ބެލެހެއްޓުމާއި، އޮފީހުގެ އައިސީޓީއާ ގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރުން. އަދި އައިޓީ ވެންޑަރުންނާއި ސަޕްލަޔަރުންނާއެކު ގުޅުން ބަދަހިކޮށް އެފަރާތްތަކުން ލިބެންހުރި ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ހޯދައި މިނިސްޓްރީގެ … އިތުރަށް ވިދާޅުވުމަށް

އިންޓަރނަލް އޮޑިޓް

  • އިޞްލާޙު ކުރެވުނު 22 އޮކްޓޯބަރ 2023
  • 1 މުވައްޒަފުން

އިންޓަރނަލް އޮޑިޓް ޔުނިޓުގެ މަސައްކަތްތައް: އިންޓަރނަލް އޮޑިޓް ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ހިރާސްތައް (ރިސްކް) ދެނެގަނެ، އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުން އޮޑިޓް ހަރަކާތްތައް ކުރިއަށް ގެންދިޔުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާތޯ ބެލުމާއި، މުވައްޒަފުންގެ ކަންކަން ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، ފާއިތުވި އޮޑިޓް ރިޕޯޓްތަކުގައި … އިތުރަށް ވިދާޅުވުމަށް

އެނަރޖީ ޑިޕާޓްމަންޓް

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 6 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: އެނަރޖީ ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ހަކަތައިގެ ދާއިރާއާ ގުޅޭ ސިޔާސަތުތަކާއި، ޤާނޫނުތަކާއި، ޤަވާއިދުތަކުގެ އިތުރުން މިންގަނޑުތައް އެކުލަވާލައި އާންމުކުރުން. ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ހަކަތަ އުފެއްދުމުގައި އީޖާދީ އައު ގޮތްތައް ހޯދައި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމަށް އާންމުން ހޭލުންތެރިކުރުވުން. ހަކަތައިގެ ދާއިރާގެ ކަންކަން ޕްލޭންކޮށް ދާއިރާ ތަރައްޤީކުރުން. … އިތުރަށް ވިދާޅުވުމަށް

އެންވަރަންމަންޓް މެނޭޖްމަންޓް އެންޑް ކޮންސަވޭޝަން ޑިޕާޓްމަންޓް

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 11 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި، ދިރޭތަކެތީގެ މާހައުލުތައް ރައްކާތެރިކުރުމަށްޓަކައި ގައުމީ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވައިލައި، އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ ވަސީލަތްތައް ހޯދުމާއި، ހިމާޔަތްކުރާ ސަރަހައްދުތައް ބެލެހެއްޓުމާއި، ތިމާވެށީގެ އަގު ވަޒަންކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި، ނެތިދިޔުމުގެ ބިރު އޮތް ތަކެތީގެ ވިޔަފާރި ކޮންޓްރޯލްކޮށް އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އިންވޭސިވް ސްޕީސީޒް ކޮންޓްރޯލްކޮށް މެނެޖް ކުރުމާއި، އައްސޭރިފަށުގެ ނުރައްކާތައް ދެނެގަނެ ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ގޮނޑުދޮށްތައް … އިތުރަށް ވިދާޅުވުމަށް

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 7 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލު ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ މި ދާއިރާ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެ ލަފާދިނުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ސްޓެރެޓަޖީތައް އެލުލަވާލުމާއެކު މި ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުމެވެ. އަދި ދާއިރާއަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި މިންގަނޑުތައް އެކުލަވާލުމުގެ އިތުރުން މި ދާއިރާ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލާ އެއްގޮތަށް ކުރިއެރުވުމަށްޓަކައި ރާއްޖެއާއި … އިތުރަށް ވިދާޅުވުމަށް

ވޯޓަރ އެންޑް ސެނިޓޭޝަން

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 6 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ސިޔާސަތު ކަނޑައެޅުމާއި، މިދާއިރާއަށް ބޭނުންވާ ޤާނޫނުތަކާއި، ޤަވައިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ހެދުމާއި، ދާއިރާއާ ގުޅޭ ކަންކަމުގައި ބޭނުންވާ ފަންނީ ލަފާދިނުމާއި، ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދާއިރާ އާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށްރަށުގައި ކުރިއަށްގެންދިއުމާއި، އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރައްކާތެރި ދެމެހެއްޓެނިވި ގޮތެއްގައި ބޯފެން ފޯރުކޮށްދެވޭނެ ގޮތާއި އަދި ފެންވަރު … އިތުރަށް ވިދާޅުވުމަށް

މޮނިޓަރިން އެންޑް އިވޭލުއޭޝަން

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 1 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށްދޭތޯ ބަލައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެދެވޭ ނަތީޖާ ހާސިލުވަމުންދާކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމާއި، ކުރާ މަސައްކަތްތަކާއި އޭގެ ނަތީޖާ އެކި މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާ މިންވަރު … އިތުރަށް ވިދާޅުވުމަށް

ފައިނޭންސް އެންޑް އެކައުންޓްސް

  • އިޞްލާޙު ކުރެވުނު 5 ނޮވެމްބަރ 2016
  • 6 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ މަސައްކަތަކީ ކޮންމެ މާލީއަހަރަކަށް ކަނޑައަޅާ ބަޖެޓާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ އޮފީސްތަކުގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުމާއި ކޮންމެ މީލާދީ އަހަރަކަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި ލިބޭ ބަޖެޓު ޚަރަދު ކުރުމާއި ބަޖެޓާގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި  އަހަރީ މާލީ ހިސާބު ތައްޔާރުކޮށް ފޮނުވުމެވެ. އަދި މީގެ އިތުރުން، ބޭރުގެ އެހީއިން ލިބޭ ފައިސާއާއި ޓްރަސްޓް ފަންޑްގެ … އިތުރަށް ވިދާޅުވުމަށް

ލީގަލް

  • އިޞްލާޙު ކުރެވުނު 22 އޮކްޓޯބަރ 2023
  • 3 މުވައްޒަފުން

ޑިޕާޓްމަންޓްގެ މަސައްކަތް: ލީގަލް ސެކްޝަންގެ މައިގަނޑު މަސައްކަތަކީ، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ޤާނޫނު އެކުލަވާލުމާއި، ޤާނޫނު އިޞްލާޙުކުރުމާއި އަދި އެފަދަ ބިލްތައް ރައްޔިތުންގެ މަޖުލީހުން ހުށަހެޅުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމާއި، ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީތަކަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދިނުމާއި، މިނިސްޓްރީ އިން ތަންފީޛުކުރާ ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ، ގަވާއިދުތަކާއި، ގައިޑްލައިންތަކާއި ޤާނޫނީ ލިޔެކިޔުންތައް ޤާނޫނާއި ގަވާއިދުތަކާ އެއްހަމަކޮށް އެކުލަވާލުން. މީގެ އިތުރުން، ޤާނޫނާއި ގަވާއިދާއި ޚިލާފްވާ ފަރާތްތަކާއި … އިތުރަށް ވިދާޅުވުމަށް

ޕްރޮކިއުމަންޓް

  • އިޞްލާޙު ކުރެވުނު 15 މެއި 2026
  • 1 މުވައްޒަފުން

ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ މަސައްކަތުގެ ތެރޭގައި، މިނިސްޓްރީގެ އެކި އެކި ޑިޕާޓްމަންޓް  ތަކަށާއި މިނިސްޓްރީ އިން ހިންގާ އެކި އެކި މަޝްރޫޢުތަކަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރުމާއި، ޕްރޮކިއުމަންޓް ނިޒާމާ ގުޅިގެން ޑިޕާޓްމަންތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، މިނިސްޓަރީ މުވައްޒަފުން ޕްރޮކިއުމަންޓް ނިޒާމާ ގުޅިގެން ހޭލުންތައް އިތުރުކުރުން ހިމެނެއެވެ.   ވެރިޔާ: އަބްދުﷲ … އިތުރަށް ވިދާޅުވުމަށް