ޚަބަރު

ބޮޑުތިލަދުންމަތީގައި ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވެއްޖެ

7 މާޗް 2022

ހއ، ހދ ށ، މި  3  އަތޮޅުގައި އުފެދޭ ކުނި  އެ ސަރަހައްދުގައި ޤާއިމްކުރެވޭ ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަކީ  އަމާޒެއް  ކަމުގައި  އެންވަޔަރަންމަންޓް  މިނިސްޓަރ  ޝައުނާ  ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ  މިހެން  ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ  ވިދާޅުވީ   މިކަމާބެހޭ  މަޝްރޫޢުގެ ބަޖެޓުވެސް މިދިޔަ  ހަފުތާގައި އެޕްރޫވް ކުރެވިފައިވާ  ކަމަށެވެ.  ރޭވިފައިވަނީ މިމިހުގެ ތެރޭގައި  މިމަސައްކަތް ކޮންޓްރެކްޓަރާއި  ހަވާލުކުރުމަށް  ކަމަށްވެސް މިނިސްޓަރ  ވިދާޅުވިއެވެ..

ހއ، ހދ، ށ  ވޭސްޓް މެނޭޖްމެންޓް  މަޝްރޫޢަކީ  ދިވެހި ސަރުކާރާއި އޮފިޑް ގުޅިގެން ހިންގާ  މަޝްރޫއެކެވެ.