ޚަބަރު

ގަތަރު ފައުންޑޭޝަނާއި، އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ ވަޒީރާއި ޓެކްނޯލޮޖީއާއި ބެހޭ ވަޒީރާއި މިނިސްޓަރ ޝައުނާ ބައްދަލުކުރައްވައިފި

15 އޯގަސްޓް 2022

އުރީދޫގެ ޗެއަރޕާސަން ފާތިމާ އަލް ކައުވްރީގެ ދެއްވި ދަޢުވަތަކަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ދެ ދުވަހުގެ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ގަތަރާއި ރާއްޖެއާއި ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އިންތިޒާމް ކުރެވިގެންދިޔަ ދަތުރެކެވެ.

އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެހީގައި މުއްސަނދިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަތަރުގެ މުހިންމު މުއައްސަސާތަކާއެކު ބައްދަލުކުރެއްވުންތަކެއް މި ދަތުރުގައި ވަނީ ބާއްވާފައެވެ. އެގޮތުން، ގަތަރު ފައުންޑޭޝަނާއި، އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ ވަޒީރާއި ޓެކްނޯލޮޖީއާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވާ އެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގެ އިތުރުން، ގަތަރުގެ ޤައުމީ ކުތުބުހާނާގެ މަސައްކަތްތަކާއި އިންތިޒާމްތައް މި ޑެލިގޭޝަނުން ބައްލަވާލެއްވިއެވެ.