ޚަބަރު

މާފުށީ ހުރި ކުނިފުނި ފުރަތަމަ ފަހަރަށް ހުސްކޮށް މުޅީން ނިމިއްޖެ

20 އޯގަސްޓް 2022

މާލެއަތޮޅު  މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި

އެތައްދުވަހެއްވީ  ކުނިތަކުގެ ކުނިފުނި  ފުރަތަމަ ފަހަރަށް ހުސްކޮށް  މުޅީން  ނިމިއްޖެއެވެ. މިކުނިތައް މާފުށިން ގެނެވޭނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ.

ގާތްގަނަޑަކަށް 900އަށްވުރެ ގިނަޓަނުގެ  އެކިބާވަތުގެ  ކުނި  ހިމެނޭ  މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެންނެވެ.

މާފުށްޓަކީ  މާލެއަތޮޅުގެ  ސިނާއީ  މުހިންމު  ރަށެކެވެ  ގެސްޓުހައުސްތަައް  ގިނަ  ރަށެކެވެ.

ވީމާ،  މިކުރެވުނީ  މުހިންމު  ކަމެކެވެ.

ކޮންމެހެން  ކުރަންޖެހިފައިވާ  ކަމެކެވެ.

އަދި މީގެ  ކުރިން  އެއްވެސް  ސަރުކާރަކަށް  ހައްލުނުކުރެވި  އޮތް  ބޮޑުމައްސަލައަކަށް  ވެފައިވާ  ކަމެއް  ހައްލުކޮށް  ނިމުމެވެ.

ފަތުރުވެރިކަމާއި  އާންމު  ސިއްހަތަށްވެސް  ފައިދާހުރި  ކަންތައްތަކެއް  ކުރެވުމެވެ.

މިކަމަކީ  3.5  މިލިޔަން  ރުފިޔާގެ  އަގުހުރި  މަސައްކަތެކެވެ.

 

އަދި މިގޮތަށް ޖަމާވެފައިވާ ކުނިފުނިތަކުގެ މާލެއަތޮޅާއި  ވ. އަތޮޅުގެ ބައެއް ރަށްތަކުން ހުރި ކުނިފުނިތައް ހުސްކުރުމަށްވަނީ  ހަމަޖެހިފައެވެ.