ޚަބަރު

އީދިގަލި ކިޅީގައި ހުންނަ އިކޯޓުއަރިޒަމް މަރުކަޒުގައި މެހުމާނުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

4 ޖުލައި 2016

ސ. ހިތަދޫގެ ހިމާޔަތްކޮށްފައިވާ އީދިގަލި ސަރަހައްދުގައި ޒިޔާރަތްކުރާ މީހުންނަށް ޚާއްސަ ސެންޓަރެއް އެޅުމަށް ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަމްދޫން އަނީސެވެ.

މިއީ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) އިން ފަންޑުކޮށްގެން ހިންގާ މަސައްކަތެކެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 8,289,165 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 08 މަސް ދުވަހުގެ ތެރޭގައެވެ.