ޚަބަރު

ގއ. ދާންދޫގައި ބަރނަރެއް ޤާއިމުކޮށް ރަށުފެންވަރުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ގއ. ދާންދޫގައި ބަރނަރެއް ޤާއިމުކޮށް ރަށުފެންވަރުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު އަމީނެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 821,772.15 (އަށްލައްކަ އެކާވީސްހާސް ހަތްސަތޭކަ ހަތްދިހަ ދެރުފިޔާ ފަނަރަ ލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 95 ދުވަހުގެ ތެރޭގައެވެ.