ޚަބަރު

ގއ. ކޮލަމާފުށީގައި ބަރނަރެއް ޤާއިމުކޮށް ރަށުފެންވަރުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ގއ. ކޮލަމާފުށީގައި ބަރނަރެއް ޤާއިމުކޮށް ރަށުފެންވަރުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަމީނެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕަބްލިކް ސާރވިސް އިންވެސްޓްމަނެޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,134,592.88 (އެއްމިލިއަން އެއްލައްކަ ތިރީސް ހަތަރުހާސް ފަސްސަކޭކަ ނުވަދިހަ ދެރުފިޔާ އަށްޑިހަ އަށްލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 95 ދުވަހުގެ ތެރޭގައެވެ.