ޚަބަރު

ގދ. ފިޔޯރީ ކުނި މެނޭޖުކުރާ މަރުކަޒު ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ގދ. ފިޔޯރީ ގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ތަޝީޝާ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ތަޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ހުސައިން ޝިފާނެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1,297,837.85ރ (އެއްމިލިއަން ދެލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ އަށްޑިހަ ފަސް ލާރި) އެވެ.