ޚަބަރު

ރ. ހުޅުދުއްފާރު ކުނިކޮށި އަޕްގްރޭޑުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ރ. ހުޅުދުއްފާރުގެ ކުނިކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ސަލީމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 671,277.76 (ހަ ލައްކަ ހަތްދިހަ އެއް ހާސް ދުވިސައްތަ ހަތްދިހަ ހަތް ރުފިޔާ ހަތްދިހަ ހަ ލާރި) އެވެ.