ޑިޕާޓްމަންޓްގެ މަސައްކަތް:
މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށްދޭތޯ ބަލައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެދެވޭ ނަތީޖާ ހާސިލުވަމުންދާކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމާއި، ކުރާ މަސައްކަތްތަކާއި އޭގެ ނަތީޖާ އެކި މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާ މިންވަރު ދެނެގަތުމެވެ.
ވެރިޔާ: ނިހާމާ ހަސަން
ވެރިޔާގެ މަސްޢުލިއްޔަތު:
މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ކަނޑައެޅިފައިވާ އަމާޒުތަކަށް ވާސިލުވާ މިންވަރު ދެނެގަތުމަށްޓަކައި، މިނިސްޓްރީގެ ޑިޕަރޓްމަންޓްތަކުން ކުރިއަށްގެންދާ މަޝަރޫޢުތަކުގެ މޮނިޓަރިންގ އަދި އިވެލުއޭޝަންގެ މަސައްކަތްތައް އިސްވެ ބެލެހެއްޓުން. މީގެ އިތުރުން، ކަމާގުޅުންހުރި މަސްލަޙަތުވެރިންނާ ގާތްގުޅުމެއް ބާއްވައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއެކު، މޮނިޓަރިންގ އަދި އިވެލުއޭޝަން ނިޒާމު ހަރުދަނާކުރުމަށްޓަކައި އީޖާދީ ޚިޔާލުތަކާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތުގެ އުޞޫލުތައް ތަރައްޤީކުރުން. ހަމައެއާކު، މިނިސްޓްރީގެ އިދާރީ ހިނގުން މޮނިޓަރކޮށް، އެ މަސައްކަތްތައް ހަރުދަނާ ނިޒަމެއްގެ ދަށުން ކުރުވާ ބެލެހެއްޓުން.