ޚަބަރު

ށ. ފުނަދޫ އަދި އއ. ރަސްދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށްޓަކައި ސަރވޭކޮށް ފަރުމާ ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

16 އޯގަސްޓް 2016

އއ. ރަސްދޫ އަދި ށ. ފުނަދޫގެ ފެނުގެ ޑިޒައިން މަސައްކަތް ކުރުމަށް އެމް.ޑަބްލިއު.އެސް.ސީ އާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފަޒުލް ރަޝީދެވެ.

މިއީ އެމް.ޑަބްލިއު.އެސް.ސީ ގެ ސީ.އެސް.އާރު ޕްރޮގްރާމުގެ ދަށުން ހިންގޭ މަސައްކަތެކެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އއ. ރަސްދޫ އަދި ށ. ފުނަދޫ ފެނުގެ ނިޒާމުގެ ޑިޒައިންގެ ހުރިހާ މަސައްކަތެއް ކުރެވިގެން ދާނެއެވެ.