ޚަބަރު

ތިމާވެއްޓާ ރައްޓެހިކޮށް އޭސީ ކުރާނެ ގޮތަކާބެހޭ ވޯކްޝޮޕެއް ފަށައިފި

17 އޯގަސްޓް 2016

ތިމާވެއްޓާ ރައްޓެހިކޮށް އޭސީ ކުރާނެ ގޮތަކާބެހޭ ވޯކްޝޮޕެއް ފަށައިފިއެވެ. އެޗްއެފްސީ އަދި އެޗްސީއެފްސީ އެއާރ ކޮންޑިޝަނަރުތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ޑިސްޓްރިކްޓް ކޫލިންގ ނިޒާމެއް މާލެ އާއި ހުޅުމާލޭގައި ޤާއިމުކުރުމަކީ 2020 ވަނަ އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމާއި، ދިވެހިރާއްޖެއަކީ ލޯ-ކާބަން އިކޮނޮމީ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ޔޫ.އެން.ޑީ.ޕީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ، އީ.ޕީ.އޭ، ބޭންކް އޮފް މޯލްޑިވްސް ގެ އިތުރުން އައި.ޖީ.އެމް ގެ ފަރާތުން ބައިވެރިވެއެވެ.

[“media id=”925]

މިނިސްޓްރީން ވަނީ މީގެ ކުރިން ޑިސްޓްރިކްޓް ކޫލިންގ ފީސިބިލިޓީ ސްޓަޑީއެއް މިމިނިސްޓްރީއިން ވަނީ ހަދާފައެވެ. އަދި މި ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި ޑިސްޓްރިކްޓް ކޫލިންގ ނިޒާމެއް ޤާއިމުކުރުމަށް އެންމެ އެކަށޭނެ ތަނަކީ ހުޅުމާލެއެވެ.

އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ހާޞިލްކުރުމަށްޓަކައި، ދިވެހިރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށް، ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ދިވެހި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ޑިސްޓްރިކްޓް ކޫލިންގ އަކީ ރާއްޖޭގައި އެނަރޖީ އެފިޝެންޓް އާލާތްތައް ބޭނުންކުރުމަށާއި ހަކަތައިން ކުރެވޭ އިސްރާފު މަދުކުރުމަށާއި ހަކަތަ އިޤްތިޞާދުކުރުކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެއެވެ.