ޚަބަރު

ބ. ގޮއިދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމު ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

21 އޯގަސްޓް 2016

ބ. ގޮއިދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމު ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ބްރަދަރސް މޯލް އިންވަސްޓްމަންޓާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ބްރަދަރސް މޯލް އިންވަސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އިލްޔާސް އިބްރާހީމެވެ. މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ބ. ގޮއިދޫގެ ކުނި މެނޭޖްކުރާ މަރުކަޒު (އައި.ޑަބްލިއު.އެމް.ސީ) އަޕްގްރޭޑްކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 872,862.31(އަށްލައްކަ ހަތްދިހަ ދެ ހާސް އަށް ސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ތިރީސް އެއް ލާރި) ދިވެހި ރުފިޔާއެވެ.