ޚަބަރު

ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފި

27 އޯގަސްޓް 2016

ދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މި މަސައްކަތް ހަލާލު ކުރެވިފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާއެވެ.

މި މަޝްރޫޢުއަށް 78,824,524.38 ރުފިޔާ ޚަރަދު ކުރެވޭނެއެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ 30 ސެޕްޓެމްބަރ 2017 ގައެވެ. މި މަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަމްގައި ނަރުދަމާ ހޮޅިއެޅި، ޕަންޕް ސްޓޭޝަން ބަހައްޓާ އަދި އައުޓްފޯލް ސިސްޓަމް ގާއިމްކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ނަރުދަމާ ނިޒާމްގެ ހިދުމަތް ފޯރުކޮށް ދެވިގެން ދާނެއެވެ.