ޚަބަރު

07 ވަނަ މޮންސޫން ފޯރަމް

12 ޖޫން 2022

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް ގެ ފަރާތުން އިންތިޒާމު ކޮށްފައިވާ ” 07 މޮންސޫން ފޯރަމް” ވަނީ 12 ޖޫން ގެ ހެނދުނު، މޫކައި ހޮޓަލްގައި ފެށިފައެވެ. މި ފޯރަމް ވަނީ ޔޫ.އެން.އީ.އެސް.ކަޕް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ “އެންހާންސިންގް ވެދަރ އެންޑް ކްލައިމެޓް ރެސިލިއަންސް އޮފް ރައިމްސް މެމްބަރް ސްޓޭޓްސް ތްރޫ ކެޕޭސިޓީ ބިލްޑިންގް އޮން އިމްޕެކްޓް ފޯރްކާސްޓިންގ – ފޭސް 2” ގެ ސަޕޯޓާއިއެކުގައެވެ.
މި ފޯރަމްގެ އިފްތިތާހު ކުރުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް، ކްލައިމެޓް ޗންޖް އެނޑް ޓެކްނޯލޮޖީ ގެ ޕަރމަނަންޓް ސެކްރަޓަރީ، އަޖުވަދު މުސްތަފާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ޑޭޓާއާއި ސައިންސްގެ އަލީގައި ދިރާސާކޮށް، ދުރާލާ އެޅޭނެ ފިޔަވަޅުތަކާގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަކީ މޫސުމާބެހޭ ގައުމީ އިދާރާގެ މަސަކަތްތައް އިތުރައް ރަނގަޅުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ކަމުގައެވެ.
މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޯލޮޖީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ރައިމްސް އަދި ކަމާބެހޭ އެހެން ފަރާތްތަކުން ވަނީ ބައިވެރިވަފައެވެ.