ޚަބަރު

ގުލޯބަލް ކޫލިން ޕްލެޖްގައި ރާއްޖެއިން ސޮއިކޮށްފި

6 ޑިސެމްބަރ 2023

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން  އޮން ކްލައިމެޓް ޗޭންޖްގެ 28ވަނަ ބައްދަލުވުމުގައި (ކޮޕް28) , އެކުވެރި އަރަބި އިމާރާތާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ކޫލް ކޯލިޝަން އިން އެކުލަވާލައިފައިވާ  “ގްލޯބަލް ކޫލިން ޕްލެޖް” ގައި ދިވެހިރާއްޖެ އިން ސޮއިކޮށްފިއެވެ.

ގްލޯބަލް ކޫލިން ޕްލެޖް އަކީ ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކޮށްގެން ފިނިކުރުމާއި މިދާއިރާގެ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ސޮއިކުރެވުނު ޕްލެޖްއެކެވެ. 2023 ގެ  ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު މި ޕްލެޖް ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ޕެނަލްއެއްގައި ބައިވެރިވެ ވާހަކަފުޅުދައްކަވަމުން،  މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހިމް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ އަކީ ހޫނު ޤައުމެއްކަމަށްށާއި މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ހޫނުން އަރައިގަތުމަށް ފިނިކުރާ ނިޒާމްތައް ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރުވެފައިވާކަމަށްށެވެ. ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީގެ 13 އިންސައްތަ ޚަރަދުކުރެވިގެންދަނީ ތެޔޮ އެތެރެކުރުމަށްކަމަށާއި އަދި އޭގެން ބޮޑުބައެއް ހޭދަކުރެވެނީ ކަރަންޓް އުފެއްދުމަށްކަމަށްށާއި، މިފަދަ ހާލަތެއްގައި ޤައުމުއޮތް އިރު، މިފަދަ ޕްލެޖްއަކުން ދިވެހިރާއްޖެއަށް ފައިދާވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލަށް ހޭނުމަށް، ކުދި ޖަޒީރާ ޤައުމުތަކަށް އެހެން ޤައުމުތަކުން އެހީތެރިވާން ޖެހޭކަން ފާހަގަކޮށް މި ޕެލެޖްގައި އިތުރު ޤައުމުތަކުން ބައިވެރިވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. މި ހަފްލާގައި ޔުނެޕްގެ އެކްޒެކްޓިވް ސެކްރެޓަރީ އިންގަރ އެންޑަރސަން، ކޮޕް ޕްރެސިޑެންޑް ޑރ. ސުލްތާން އަލް ޖަބަރު، އަދި އެމެރިކާގެ ޕްރެސިޑެންޝަލް އެންވޯއީ ފޮރ ކްލައިމެޓް ޖޯން ކެރީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.