ޚަބަރު

ކޮޕް28 ގައި “ނޭޗރ، ލޭންޑް ޔޫސް އެންޑް އޯޝަންސް ޑޭ

9 ޑިސެމްބަރ 2023

މިހާރު ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް28 ބައްދަލުވުމުގައި 09 ޑިސެމްބަރު ޙާއްސަ ކޮށްފައިވަނީ “ނޭޗރ، ލޭންޑް ޔޫސް އެންޑް އޯޝަންސް ޑޭ” ގެ ގޮތުގައެވެ. މި ދުވަހަށް ޙާއްސަ ކުރެވިގެން، ދިރުންތައް އިޔާދަ ކުރުމަށް މަސައްކަތްކުރުމަށް މަޝްވަރާކޮށް ހޭލުންތެރިކުރުމަށް ތަފާތު ގިނަ ހަރަކާތްތަކާއި އިވެންޓުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ކޮޕް27ގައި އިފްތިތާހް ކޮށްފައިވާ “މެންގްރޫވް އެލަޔަންސް ފޮރ ކްލައިމެޓް ޗޭންޖް” ގެ މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހިމް ބައިވެރިވެލެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ކުޅި، ފާ، ޗަސްބިންތަކުގެ މުހިއްމުކަމާ ބެހޭ ގޮތުން އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން މި އެލަޔަންސްގައި ބައިވެރިވުމުގެ ފަހު މަރުހަލާގައި އުޅޭކަން އިއުލާން ކުރެއްވިއެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުން މި މާހާއުލުތައް ހިމާޔަތްކޮށް، ދިރުވާ އަލާކުރުމަށް ކުރާ މަސައްކަތްތައްވެސް ހިއްސާ ކުރިއެވެ. އަދި އަލަށް އިފްތިތާހް ކޮށްފައިވާ “މެންގްރޫވް ބްރޭކްތުރޫ” އާއި ބެހޭގޮތުންވެސް މައުލުމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ޔޫ.އެން ބަޔޯޑައިވަރސިޓީ ކޮންފަރެންސްގައި ލޯންޗް ކޮށްފައިވާ “10 ޕޮއިންޓް ޕްލޭން އޮން ބަޔޯޑައިވަރސިޓީ ފިނޭންސިންގ” ގެ މިނިސްޓަރުންގެ ބައްދަލުވުމުގައިވެސް މިނިސްޓަރ ބައިވެރިވެލެއްވިއެވެ. މިނިސްޓަރ މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ މި ޕްލޭންގެ ކޯ ލޯންޗަރގެ ހައިސިއްޔަތުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަމުން، ދިރުންތައް އިއާދަ ކުރުމަށް ފިނޭންސް އިތުރުކުރުމުގެ މުހިއްމުކަމަށް އަލި އަޅުވާލާފައިވެއެވެ. މި ބައްދަލުވުމުގައި 10 ޕޮއިންޓް ޕްލޭންގެ ސްޓޮކް ޓޭކްގެ ޑޭޝްބޯޑްވެސް ވަނީ އިފްތިތާހްކޮށްފައެވެ. މި ޑޭޝްބޯޑް ގެ މަޤްސަދަކީ މި ޕްލޭންގެ ދަށުން ހޯދާ ފިނޭންސް އިތުރުކުރުމުގެ ކުރި އެރުންތަކާއި ޓްރެންޑްސްތައް ދެއްކުމެވެ.

މި ދުވަހުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން މިނިސްޓަރ ބައިވެރިވެލެއްވީ “ހައި އެމްބިޝަން ކޯލިޝަން ފޯ ނޭޗަރ އެންޑް ޕީޕަލް” ގެ “އިންޓަނޭޝަނަލް ސްޓިއަރިންގ ކޮމިޓީ” ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި “ކުންމިންގ މޮންޓްރިއާލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް” ވުޖޫދުއަށް އައިތާ އެއް އަހަރު ފަހުން، ގައުމުތަކުން މި ފްރޭމްވޯކްގެ ތިން ވަނަ ޓާގެޓު ހާސިލްކުރުމަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކޮށްފައިވެވެ. އަދި 2024 ވަނަ އަހަރު ސްޓިއަރިންގ ކޮމިޓީގެ ވޯކްޕްލޭން އާއި ބަޖެޓް ޕްލޭން ކަނޑައެޅިގެންދިޔައެވެ.