ޚަބަރު

އާލީ ވޯނިންގ ފޯރ އޯލް އިނިޝިއޭޓިވް ޙާސިލްކުރުމަށް ދިވެހި ރާއްޖޭގެ މަގުޗާޓު ޝާއިޢުކުރުން

15 ޖަނަވަރީ 2024

އާރލީ ވާނިންގް ފޯރ އޯލް އިނިޝިއޭޓިވް އަކީ 2022 ވަނަ އަހަރު ނޮވެންބަރު މަހު މިސްރުގެ ޝަރަމުއް ޝެއިޚުގައި ބޭއްވުނު އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ 27 ވަނަ ބައްދަލުވުމުގައި (ކޮޕް27)، އ.ދގެ ސެކްރެޓެރީ ޖެނެރަލް އިފްތިތާޙުކޮށް ދެއްވާފައިވާ އިނިޝިއޭޓިވެކެވެ. މީގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމުގެ ގޮތުން، އ.ދ. ގެ އިދާރާތަކާއި، ޤައުމުތަކުގެ ކަމާގުޅުންހުރި އެޖެންސީތަކާއި ދާއިރާތައް ގުޅިގެން، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މީގެ ފައިދާ ޝާމިލުގޮތެއްގައި އެންމެހައި ފަރާތްތަކަށް ފޯރުކޮށް ދިނުމެވެ. މިދެންނެވި މަޤްޞަދު ޙާސިލުކުރުމަށް، އ.ދ.ގެ ވޯލްޑް މީޓިޔަރޮލޮޖިކަލް އޯގަނައިޒޭޝަންއިން ވަނީ “އެގްޒެކެޓިވް އެކްޝަން ޕްލޭން (2023 – 2027)” އެއްވެސް ތައްޔާރުކޮށް، މިޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ދިވެހިރާއްޖެ ހިމެނީ، މިދެންނެވި އިނިޝިއޭޓިވްގެ ދަށުން، ރެޕިޑް ފޯކަސް ބޭނުންވާ 30 ޤައުމުގެ ތެރޭގައެވެ. އަދި ރާއްޖެ ވެފައިވަނީ، މުޅި ދުނިޔެއިން މި މަސައްކަތް މިދިޔަ އަހަރު ފެށި ފުރަތަމަ ޤައުމުގެ ގޮތުގައެވެ.

މިގޮތުން، ރާއްޖޭގެ ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާ ކުރުމުގެ މަގުޗާޓެއް ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާގެ އަލީގައި، އަދި އ.ދ.ގެ އެހީގައިވަނީ ތައްޔާރު ކުރެވި ފާސް ކުރެވިފައިއެވެ. އަދި ދަންނަވަމެވެ. ރާއްޖޭގައި، މިމަގުޗާޓު ތައްޔާރުކުރެވިފައި ވަނީ މޯލްޑިވްސް މިޓިއަރޮލޮޖިކަލް ސާރވިސް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިސް ރެޑް ކުރެސެންޓް ސޮސައިޓީ އަދި ނޭޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ ގުޅިގެންނެވެ. ހަމަ މިއާއިއެކު ދިވެހިރާއްޖެ ވަނި މި މަގުޗާޓު ނިމި ފާސްކުރެވުނު ފުރަތަމަ ޤައުމަށެވެ.

އެޓޭޗްމެންޓް (1)

  1. މަގުޗާޓު (1.32 MB)