ޚަބަރު

ނަރުދަމާއާ ގުޅޭ ކޮންފަރެންސް “ސާކޯސަން” އަށް ތައްޔާރުވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފި

19 އޮކްޓޯބަރ 2016

ސައުތު އޭޝިޔާގެ ޤައުމުތަކުން ބާއްވާ ނަރުދަމާއާ ގުޅޭ ކޮންފަރެންސް (ސަކޯސަން) އަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 18ން 19 އަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަށް ތައްޔާރުވާން ރާއްޖޭގައި މި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ސާކްގެ ފަސް ޤައުމަކުން ބައިވެރިވިއެވެ. މި ބައްދަލުވުމަކީ އަންނަ އަހަރު ޕާކިސްތާނުގައި އޮންނަ ކޮންފަރެންސްއަށް ތައްޔާރުވާން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ނިމިގެން ދިޔަ ޑާކާ ޑިކްލެރޭޝަންގައި ހުރި ކަންތައްތައް މެމްބަރު ޤައުމުތަކުން ހާސިލްކޮށްފައިވާ މިންވަރުގެ މައްޗަށާއި އެ ރިޕޯޓުގެ މައްޗަށް އަދި އެ ކޮންފަރެންސް އަށް ތައްޔާރުވާން ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

ޑާކާ ކޮންފަރެންސްގައި ނިންމާފައި ހުރި ބައެއް ކަންތައްތައް މެމްބަރު ބައެއް ޤައުމުތަކުން ހާސިލްކޮށްފައި ހުރި މިންވަރު އަދި ވަރަށް ކުޑައެވެ. އެހެންކަމުން ޤައުމުތަކުގައި ހުރި އޯތެންޓިފިކޭޝަން ކުޑަކޮށް އެކަންތައްތައ ޙައްލުކުރަން ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.