ޚަބަރު

“ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ކޮމުނިކޭޝަން އެންޑް އިންޓަގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް” ވަރކްޝޮޕް ބާއްވައިފި

24 އޮކްޓޯބަރ 2016

“ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ކޮމުނިކޭޝަން އެންޑް އިންޓަގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް” ވަރކްޝޮޕް ބާއްވައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މޫކާއީ ހޮޓަލުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ފެން އިޤްތިސާދު ކުރާނެ ގޮތާއި ފެނުގެ ވަސީލަތްތަކާއި ފެނާއި ގުޅޭ އެކި މަޢުލޫމާތު އެކި ފަރާތްތަކަށް ފޯރުކޮށްދީ އެ ފަރާތްތަކާ ގުޅިގެން ވީހާވެސް ގިނަ ބަޔަކަށް އެ މަޢުލޫމާތު ފޯރުކޮށްދީ އެކި ހަރަކާތްތައް ރާވައިގެން ކުރިއަށްގެންދިއުމެވެ. މި މަސައްކަތު ބައްދަލުވުމުގައި މީހުން ތަމްރީން ކޮށްދެއްވީ މިނިސްޓްރީއާއި، އެމް.ޑަބްލިއު.އެސް.ސީ އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްކަތުގެ ކަމާގުޅޭ މާހިރުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސްކޫލްތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި މީޑިއާތަކުން ގާތްގަނޑަކަށް 30 މީހުން ވަނީ ބައިވެރިވެފައެވެ. މިއީ ފެނާއި ގުޅޭގޮތުން އެހެން މީހުން ބައިވެރިކޮށްގެން ބޭއްވުނު ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. އަދި ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.