ޚަބަރު

ވިލިމާލޭގެ ކުނި މެނޭޖްކުރާ މަރުކަޒުގެ ވަށާ ފާރު ރޭނުމަށް ބަޔަކާ ޙަވާކުކޮށްފި

29 ނޮވެމްބަރ 2016

ވިލިމާލޭގެ ކުނި މެނޭޖްކުރާ މަރުކަޒުގެ ވަށާ ފާރު ރޭނުމަށް ބަޔަކާ ޙަވާކުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ތަޝީޝާ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި ތަޝީޝާ ޕަރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ހުސެއިން ޝިފާނެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 372,479.87 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 48 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތަށް ޚަރަދުކުރަނީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.