ޚަބަރު

ގއ. ވިލިނގިލީގައި އިންސިނެރޭޓަރ ޝެޑެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

14 ޑިސެމްބަރ 2016

ގއ. ވިލިނގިލީގައި އިންސިނެރޭޓަރ ޝެޑެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެން.އެސް.އާރް އިންވެސްޓްމަންޓް އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެން.އެސް.އާރް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ނަސީރު އަލީއެވެ.މި މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ގއ.ވިލިނގިލީ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ އިންސިނެރޭޓަރަށް ޝެޑެއް ޤާއިމުކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 132،601.28 (އެއްލައްކަ ތިރީސް ދެ ހާސް ހަ ސަތޭކަ އެއް ރުފިޔާ އަށާވިސް ލާރި) އެވެ