ޚަބަރު

ގދ. ގައްދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

14 ޑިސެމްބަރ 2016

ގދ. ގައްދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި އައި.އެސް.އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ. މި މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ގދ.ގައްދޫ ކުނި މެނޭޖްކުރާ މަރުކަޒު (އައި.ޑަބްލިއު.އެމް.ސީ) ޤާއިމުކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 996,057.36 (ނުވަލައްކަ ނުވަދިހަ ހަހާސް ފަންސާސް ހަތް ރުފިޔާ ތިރީސް ހަލާރި) އެވެ.