ޚަބަރު

އިމްޕްލިމެންޓޭޝަން އޮފް ޗައިނާ ޓްރަސްޓް ފަންޑް ޕްރޮޖެކްޓް އިން މޯލްޑިވްސް ވަރކްޝޮޕް ބާއްވައިފި

12 ފެބްރުއަރީ 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން ޗައިނާ ޓްރަސްޓް ފަންޑް ގެ ދަށުން ކުރިއަށް ގެންދާ، “އިމްޕްލިމެންޓޭޝަން އޮފް ޗައިނާ ޓްރަސްޓް ފަންޑް ޕްރޮޖެކްޓް އިން މޯލްޑިވްސް” ގެ ދަށުން ނޭޝަނަލް ސްޓޭކްހޯލްޑަރސް ވަރކްޝޮޕްއެއް މިއަދު ބާއްވާއިފިއެވެ.

މިއަދު ހެނދުމު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވުނު މި ވަރކްޝޮޕް ގެ މޤްސަދަކީ ޤައުމީ ފެންވަރުގައި ފްލޭމަބަލް ރެފްރިޖެރެންޓް ގެންގުޅޭނޭ ގޮތާއި، އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ރައްކާ ކުރުމުގައި ގެންގުޅެންޖެހޭނޭ އުސޫލުތައް ކަނޑައެޅުމާއި ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި އެކު މަޝްވަރާކުރެއްވުމެވެ.

ވަރކްޝޮޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަބްދުﷲ ޒިޔާދު، ދިވެހި ރާއްޖޭގައި އެޗް.ސީ.އެފް.ސީ ފޭސްއައުޓް ކުރުމަށް ކުރިއަށް ގެންދާ ތަފާތު މަސައްކަތްތަކަށް ތައުރީފުކުރައްވާއި ޗައިނާ ޓްރަސްޓް ފަންޑްގެ ފަރާތުން ފޯރުކޮށްދެއްވާ އެހީއާއީ ދެއްވާ ލަފާއަށްޓަކާޝުކުރު އަދާކުރެއްވިއެވެ.